Content deleted Content added
m Removed protection from "ޱަވިޔަނި": removing full protection after 10 years
m Bot: Migrating 2 interwiki links, now provided by Wikidata on d:Q4120535
 
ފޮޅުވަތް 5:
== ހާލަތު ==
މިއަޑު ދިވެހި (މަހަލް) ބަހުގެ ދެކުނު ބަހުރުވަ ތަކުގައި ހާއްސަ ގޮތެއްގައި ބޭނުން ކުރެވެއެވެ. އެމީހުން މިއަޑު ބޭނުން ކުރަނީ ވަކި ބިނާ (Phoneme) އެއްގެ ގޮތުގައެވެ. މިގޮތުން މިއަޑަށް ޓަކައި ހާއްސަ އަކުރެއް ގަބުޅި ތާނައިގެ ތެރޭގައި ވެސް އޮތެވެ. އަދި ހަމަ އެހެންމެ މިއަދުގެ ތާނައިގައި ވެސް މިއަކުރު އެބައޮތެވެ. މި އަކުރުގެ HTML Unicode އަކީ (1969) އެވެ. ހަގީގަތުގައި ޱަވިޔަންޏަކީ ތާނައިގެ 16 ވަނަ އަކުރެވެ. އެހެނީ ތާނަ އަކުރުގެ ދެވަނަ ނުވަ އަކުރު ހެދިފައިވަނީ ދިވެހި ވިޔަ އަކުރުގެ ނުވައަކުރުން ކަމަށް ވާއިރު ޱަވިޔަންޏަކީ ދިވެހި ވިޔައިގެ 7 ވަނަ އަކުރެވެ. ކުރީގެ ތާނަ ލިޔުންތަކުގެ ތެރެއިން މިއަކުރު ވަރަށް ގިނައިން ފެނެއެވެ. ރާދަވަޅި ކަހަލަ ރަސްމީ ލިޔުންތަކުގައި ވެސް ޱަވިޔަނި ބޭނުން ކުރެވިފައި އެބަހުއްޓެވެ. މިސާލަކަށް: ރާދަވަޅީގައި މަނިކުފާނު ލިޔެވިފައިވަނީ މަޱިކުފާނު މިގޮތަށެވެ. ހަގީގަތުގައި ޱަވިޔަނި ދިވެހި ބަހުގެ ހުރިހާ ބަހުރުވައެއްގައި ވެސް އާއްމު އަޑެއްގެ ގޮތުގައި މިހާރުވެސް ބޭނުން ކުރެވެއެވެ. އެއީ އަބިނާއެއްގެ ގޮތުގައެވެ. އެމީހުންގެ ތެރޭގައި /ނ/ ގެ ދެއަޑު އޮންނަނީއެވެ. އެއީ /ނ/ އާއި އޭގެ އިދިފުށު /ނ/ އެވެ. ގިނައިން މިއަޑު ބޭނުން ކުރަނީ އުތުރުގެ ބަހުރުވަ ތަކުގައެވެ. ހާއްސަ ގޮތެއްގައި މަލިކު ބަހުރުވައިގައެވެ. ނުވަތަ މަހަލް ބަހުގައެވެ. ރަސްމީ ދިވެހި ބަހުރުވާގައި ވެސް މަދު ނޫން ގޮތަކަށް މިއަޑު ބޭނުން ކުރެވެއެވެ. އެކިމީހުން މިއަޑު އަދާކުރުމުގައި ތަފާތުކުރެއެވެ. އަނެއް ބައި މީހުން /ނ/ ބޭނުން ކުރަން ޖެހޭ ތަންތަނުގައި ވެސް /ޱ/ ބޭނުން ކުރާލެއް މަދެއް ނޫނެވެ. އަދި އުތުރުގެ ގިނަ ބަހުރުވަ ތަކުގައި މިދެއަޑު ބޭނުން ކުރުމުގައި ވަކި ދެބިނާއަކަށް ނުވާތީ މިދެއަޑަކަށް ވަކި ގަވައިދެއް ނޯވެއެވެ. ހަގީގަތަކީ ބަދަލުވާ އަކުރަކީ /ޏ/ ކަމަށް ވެއްޖިއްޔާ އަކުރުގެ އަސްލު /ނ/ ކަމުގައި ވުމެވެ. ބަދަލުނުވެ އަސްލުގެ ގޮތުގައި އޮންނަ ނަމަ އަކުރުގެ އަސްލަކީ /ޱ/ ކަމުގައި ވުމެވެ. އުތުރުގެ ގިނަ ބަހުރުވަތަކުގައި ނޫނުގެ މިދެއަޑަށް ގަވައިދެއް ނޯންނާތީ އެމީހަކަށް ފަސޭހަ ތަނެއްގައި އެއިރަކަށް ފަސޭހަ އަޑެއް ބޭނުން ކުރަނީއެވެ. ބައެއް މީހުންނަށް މިއީ ދެއަޑު ކަމުގައި އިހްސާސްވެސް ނުވާ ކަމަށް ވެއެވެ. "އަހަރެން ނުބުނަމެވެ." މި ބަހުގައި މިއޮތް ފުރަތަމަ /ނ/ އަކީ އެންމެން ވެސް ބޭނުން ކުރާ /ނ/ އެކެވެ. އަދި ދެވަނަ /ނ/ އަކީ ރަސްމީ ބަހުރުވައިގައި /ނ/ އެއް ކަމުގައި ވިޔަސް ބައެއް މީހުން /ޱ/ ގެ އަޑުން ވެސް އެއަޑު އަދާކުރެއެވެ. އަދި ތިންވަނަ /ނ/ އެންމެން ވެސް ބޭނުން ކުރަނީ ހަގީގަތުގައި /ޱ/ ގެ އަޑުންނެވެ. މިހާރުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އައްޑޫ ބަހުރުވައިގެ ނުވަތަ ދެކުނު ބަހުރުވަތަކުގެ އަޑެކެވެ. އޭގެ ނަތީޖާއަކަށްވީ ބޯދާ ޒަމާނުއްސުރެ ދިވެހި ބަހުގައި އޮތް އަމިއްލަ އަޑުގެ ބިނާއެއް ކަމުގައިވާ /ޱ/ މިއީ މިހާރު ދިވެހި ބަހުގައި ގަބޫލު ކުރެވޭ އަކުރަކަށް ނުވުމެވެ. މިހެން ވުމުގެ ސަބަބުން Unicode ގައި މިއަކުރު ހިމެނިފައި ވިޔަސް ކޮންޕީޓަރުގައި ބޭނުން ކުރާ ތާނައިގެ ސިފަ (Font) ތަކުގެ ތެރެއިން ޔުނިކޯޑު އެއްވެސް ފޮންޓެއްގައި މިއަކުރު ހިމަނާފައެއް ނުވެއެވެ. އެކްސެންޓުގައި ބޭނުން ކުރި ބައެއް ސިފަ ތަކުގައި މިއަކުރު އޮތެވެ. މައްޝޫރު ދިވެހި ތާނައިގެ ކޮންޕީޓަރު ސިފަ، ފަރުމާ ފޮންޓުގައި ވެސް މިއަކުރު ހިމަނާފައެއް ނުވެއެވެ. މިއީ ބަހަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. މިއަކުރަށް މިހާރު ކިޔައި އުޅެނީ "އައްޑޫ ބަހުރުވައިގައި އޮންނަ /ޱ/ އެވެ. ތެދުތެދަށް ދަންނަވަނީ ނަމަ، މިއީ ވަކި ބަހުރުވައަކާ ބެހޭ އަކުރެއް ނޫނެވެ. މިއަކުރާ މެދު ދިރާސާ ކޮށްފިނަމަ ކޮންމެ ބޭފުޅަކަށް ވެސް މިއީ ހަމަ މައް ދިވެހި އަޑެއް ކަމާއި ދިވެހި ތާނައާއި ކުރީން ބޭނުން ކުރި ދިވެސް އަކުރާއި އެވޭލާ އަކުރު ގައިވެސް އޮތް އަކުރެއްކަން އެނގިވަޑައި ގަންނަ ވާނެއެވެ. [[ތާނަ އަލިފުބާގެ ތަރުތީބު]] ބައްލަވާލައްވާށެވެ. އަދި މިއަކުރަނީ ވަކި ހާއްސަ އައްޑޫ އަޑެއް ނޫންކަން ދޭހަވާ އަނެއް ސަބަބަކީ އައްޑޫ ބަހުރުވައަކީ އެއް އިރެއްގައި ވެސް ލިޔެކިޔުމަށް ބޭނުން ކުރި ބަހުރުވައެއް ކަމުގައި ނުވާއިރު ވަކި މިއަޑަށް އެކަނި ހާއްސަ ރަމްޒެއް އޮންނާކަށް ނުޖެހެއެވެ. މިއީ ވެސް މިއީ ހަމަ މައް ދިވެހި އަޑެއް ކަމުގެ ހެއްކެކެވެ. އުއްމީދު ކުރެވެނީ އުޱި ގަސް އެއީ އުނި ގަހެއް ނޫން ކަން ދިވެހީން ގަބޫލުކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. ފުރާނައަށް ވެސް އަލުން ފުރާޱަ އެޅޭނެ ކަމަށެވެ.
 
[[ar:نفيني]]
[[en:Ṇaviyani]]