Content deleted Content added
Created page with "<!-- Images should be no bigger than 150px, please! --> center|150px * ކޮންމެ ފުއްޕާމޭ އެއްގައި ގާތްގަނޑަކަ..."
 
(No difference)

އެންމެ ފަހުން ގެނެވުނު ބަދަލު 02:05, 5 މެއި 2020

  • ކޮންމެ ފުއްޕާމޭ އެއްގައި ގާތްގަނޑަކަށް 300 މިލިޔަން ނޭވާލާ ޔުނިޓް ނުވަތަ ކުދި ވައިކޮތަޅު ހުރެއެވެ.
  • ދުވާލެއްގެ މައްޗަށް ބައި ލިޓަރަށްވުރެ ގިނަ ފެން ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑުން ބީވެގެން ދެއެވެ.
  • އާފުރުމަކީ ނޭވާލާ ނިޒާމްގައި ހިމެނޭ މައި ގުނަވަން ފުއްޕާމެޔަށް އޮކްސިޖަން ލިބުން އިތުރުކޮށްދޭ ކަމެކެވެ. އާފުރެން ދިމާވަނީ ނިދިއަންނަގޮތް ވުމުން ފުއްޕާމެޔަށް އޮކްސިޖަން ލިބުން މަދުވެ، އެކަން ސިކުނޑިއަށް އިހްސާސް ކުރެވި،ފުން ނޭވާއެއް ލުމުގެ މެސެޖް ސިކުނޑިން ފޮނުވާލާތީ އެވެ.
  • އިންސާނާ ނޭވާލާ ކޮންމެ ފަހަރަކު ހަށިގަނޑަށް 13 ޕިންޓްގެ ވައި އެތެރެވެގެން ދެއެވެ.
  • ދުވާލެއްގެ މައްޗަށް 22 ހާސް ފަހަރު އިންސާނާ ނޭވާލައެވެ. މީގެ ތެރޭގައި އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުން ހިމެނެއެވެ.
  • ކިނބިހިއެޅެނީ ނޭފަތުގެ ތެރޭގައި ހުންނަ ނާޒުކު ތެތް ދުލިފަށުގައި ހަށިގަނޑާއި ބީރައްޓަހި މާއްދާއެއް ބީހިލުމުން، އެމާއްދާއެއް ހަށިގަނޑުން ބޭރުކޮށްލުމަށްޓަކައެވެ.