އައްޝައިޚް ޢުމަރު ޢީސާ: Difference between revisions

Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
[[Image:Umar_Eysaa.JPG|250px|thumb|left|އައްޝައިޚް ޢުމަރު ޢީސާ]]
އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ބަހުގެ އަދީބެވެ. އޭނާއަކީ ކުޅަދާނަ ޅެންވެރި އެކެވެ. ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ސަރުކާރަށް ޚިދުމަތްކުރެއްވި މުވައްޒަފެކެވެ. ޢުމަރު ޢީސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 9 ޖުމާދަލްއާޚިރާ 1333 ވީ ހުކުރު ދުވަހު (1915 ވަނަ އަހަރުގެ އެޕްރީލު މަހުގެ 23 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ފުރަމާލޭގައެވެ. އަވަހާރަވީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވީ ހޯމަ ދުވަހުއެވެ.
 
==އަމިއްލަދިރިއުޅުން==
ބައްޕައަކީ ގުޅީ ޢަލިކަލޭފާނުގެ ގުޅީ ޢީސާ ކަލޭފާނެވެ. އައްޝައިޚް ޢުމަރު ޢީސާއަށް ދެ ބަނޑަށް 7 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ފުރަތަމަ ބަނޑުން ލިބިވަޑައިގަތީ މުޙައްމަދު މަނިކުއެވެ. ދެވަނަ ބަނޑުން ލިބި ވަޑައިގަތީ ނިސްރީނާ މުބާރަކް، އަޙްމަދު މުބާރަކް، ޢަލީ މުބާރަކް، އިސްމާޢީލު މުބާރަކު، ޢަލީލާ މުބާރަކް، އިބްރާހީމް މުބާރަކް މި 6 ބޭފުޅުންނެވެ.
 
== ތަޢުލީމް ޙާޞިލްކުރެއްވުން ==
ޢުމަރު ޢީސާ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ މަދްރަސަތު މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އިންނާއި ޖާމިޢަތުލް އަޒްހަރުންނެވެ. ދިވެހި ބަހާއި ޢަރަބި ބަހުގެ އިތުރުން އުރުދޫ ބަހާއި އިނގިރޭސި ބަހާއި ފާރިސީ ބަސް ދެނެވަޑައިގަންނަވައެވެ. އަދި ކޮންމެވެސް ވަރަކަށް ފަރަންސޭސި ބަހާއި ސިންގަޅަ ބަސް ދެނެވަޑައިގަންނަވައެވެ. އުސްތާޛުލްޖީލް މުޙައްމަދު ޖަމީލުދީދީއަކީ ޢުމަރު ޢީސާއާ އެކު މިސްރުގައި ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ.
އައްޝައިޚް ޢުމަރު ޢީސާ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުންނެވެ. އެތަނުން އޭނާ އިބްތިދާއީ ތަޢުލީމް ނިންމި އެވެ. 1920 އަދި 30 ގެ އަހަރުތަކުގައި މިޞްރުގެ އިބްތިދާއީ ތަޢުލީމް ނިންމާފައި ތިބޭމީހުންނަކީ ވަރަށް ފެންވަރު ރަގަޅު ބައެއް ކަމުގައި ބެލެވިފައި ވެއެވެ. އެއީ ހަގީގަތެއްކަން ޢުމަރު ޢީސާގެ ދުލާއި ގަލަމުން ދިވެހިންނަށް ސާބިތު ކޮށްދީފައި ވެއެވެ.
 
===ޅެންވެރިކަން ===
އައްޝައިޚް ޢުމަރު ޢީސާ އަކީ ދިމާވި ކޮންމެ މައިގަނޑު ނަމަކަށް ޅެންހެދުމުގެ ގާބިލިއްޔަތު ލިބިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު '''ސީނި އަސުރުމާ''' އެވެ. އޭނާގެ ޅެންތައް ބޮޑަށް އަމާޒުކުރެވިފައި ހުރީ ނުވަތަ ޅެން ހެއްދެވުމުގައި ޚާއްޞަ ރޮނގެއްގެ ގޮތުން ގެންގުޅުއްވީ ލޯބީ ޅެންތައް ހެއްދެވުމެވެ.
 
== ސަރުކާރު ޚިދުމަތުގައި ==
ސަރުކާރުގެ ތަފާތު ވަޒީފާތަކުގައި އައްޝައިޚް ޢުމަރު ޢީސާ އުޅުއްވާފައިވެއެވެ. އެގޮތުން އަދާކުރައްވާފައިވާ ބައެއް ވަޒީފާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
 
* މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
* މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
* މަޖީދިއްޔާ ސުކޫލްގެ ނާޒިރުގެ ނާއިބުކަން
* ބަންޑާރަ ނާއިބު އޮފީހުގެ މުޢާވިންކަން
* ޕީއާރްއެފް ޑިވިޝަންގެ އިމާމްކަން
 
{{adhabiyyaath}}
Line 22 ⟶ 35:
* އަމީރު ޙަމްޒާ ވާހަކަ
 
==އަވަހާރަވުން==
===ޅެންވެރިކަން ===
އަވަހާރަވީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވީ ހޯމަ ދުވަހުއެވެ.
އައްޝައިޚް ޢުމަރު ޢީސާ އަކީ ދިމާވި ކޮންމެ މައިގަނޑު ނަމަކަށް ޅެންހެދުމުގެ ގާބިލިއްޔަތު ލިބިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު '''ސީނި އަސުރުމާ''' އެވެ. އޭނާގެ ޅެންތައް ބޮޑަށް އަމާޒުކުރެވިފައި ހުރީ ނުވަތަ ޅެން ހެއްދެވުމުގައި ޚާއްޞަ ރޮނގެއްގެ ގޮތުން ގެންގުޅުއްވީ ލޯބީ ޅެންތައް ހެއްދެވުމެވެ.
 
== ސަރުކާރު ޚިދުމަތުގައި ==
ސަރުކާރުގެ ތަފާތު ވަޒީފާތަކުގައި އައްޝައިޚް ޢުމަރު ޢީސާ އުޅުއްވާފައިވެއެވެ. އެގޮތުން އަދާކުރައްވާފައިވާ ބައެއް ވަޒީފާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
 
* މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
* މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
* މަޖީދިއްޔާ ސުކޫލްގެ ނާޒިރުގެ ނާއިބުކަން
* ބަންޑާރަ ނާއިބު އޮފީހުގެ މުޢާވިންކަން
* ޕީއާރްއެފް ޑިވިޝަންގެ އިމާމްކަން
 
== މަރުޖިޢުތައް ==