Content deleted Content added
Created page with "thumb|left|ޙުސައިން ޞަލާޙުއްދީން '''ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ''' އެއްވ..."
 
(No difference)

އެންމެ ފަހުން ގެނެވުނު ބަދަލު 12:36, 22 އެޕްރީލް 2020

ޙުސައިން ޞަލާޙުއްދީން

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ.

އެކި މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަގުނަ ޅެންތަކެވެ. މީގެ ތެރެއިން ވަރަށް ގިނަ ޅެން، "އަންޖުމަން އަމީން" ގެ ފަރާތުން ނެރުއްވި "ފަތިހުގެ ތަރި" މި ނަން ކިޔާ ފޮތުގެ އެއްވަނަ ބަޔާއި ދެވަނަ ބައިގައި ވެއެވެ. ފުރަތަމަ ބައި 1959 މ. ވަނަ އަހަރު، ދެވަނަ ބައި 1960 މ. ވަނަ އަހަރު ޗާޕުވެ ޝާއިޢުވެފައިވެއެވެ. އަދި އިތުރަށް...