Content deleted Content added
No edit summary
m rvv
Tag: Rollback
ފޮޅުވަތް 1:
ސްޓްރެސް އަކީ ހަގީގަތުގައި ހިތަށާއި ސިކުނޑިއަށް ކަންބޮޑުވެގެން ކުރާ ބާރެވެ. މިއީ ހާސްވެ ކަންބޮޑުވުން އެކަންޏެން ނޫނެވެ ފިކުރު ބޮޑުވެ ހިތަށް ތަދުވެ ނަފްސަށް ކުރާ ބާރެކެވެ. މިސާލަކަށް ހަނި ގޯޅިއެއްގެ ތެރެއިން ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ހިނގައިފައި ދަނިކޮށް އަދިރީގެ ތެރޭގައި ހުރި މީހަކު ފެނިއްޖެއެވެ. އެއީ ކަޓަރު އަލައި، އަތުގައި ހުރި އެއްޗެއް އަތުލަން ހުރި މީހެއް ބާވައެވެ؟
 
ހަމަވަގުތުންން އޮޓަމެޓިކުން [[ތި]]މާގެތިމާގެ ހަށިގަނޑު ސަމާލުކަމަށް ގެނެސްދޭނެ ބިރުވެރިކަ[[މެ]]އް ހިތަށް ވަނީއެވެ. ހިއްސުތައް ހޭލައްވައިލީއެވެ. ލޭގެ ތެރެއަށް ހޯމޯންސްތައް އިތުރުވެގެން ދަނީއެވެ. ނަތީޖާއެއގެ ގޮތުން ފުންކޮށް ނޭވާލާން ޖެހެއެވެ. ހިތް ހިނގުން އަވަސް ވެއެވެ. މުޅިމީހާ ކައްޓެންހެން ހަރުވެދެއެވެ. އެއީ އެމީހަކު ހަމއލާ ދީފިނަމަ ދިފާއުވުމަށެވެ. ނޫނީ އެމީހެއްގެ ފަރާތުން ސަލާމަތްވުމަށް އައިކޮޅަށް ދުއްވައިގަތުމަށެވެ.
 
ތިމާއަށް އިހްސާސްވި ބިރުވެރިކަމަށް ހަށިގަނޑު ތައްޔާރު ކުރީއެވެ. ބިރުން ސަލާމަތް ވުމަށެވެ. މިދެންނެވުނީ ތައްކޮޅެއް ކަންތައް ބޮޑު ހާދިސާއަކަށް ވެދާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ހިތްބިރަކުން ނުވަތަ ކަންބޮޑުވުމަކުން ސަލާމަތްވުމަށް ތައްޔާރަށް ހުންނަށް ޖެހުމަކީ ބައެއް މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބައެއްކަމުގައި ވެފައި ވެއވެ. މިސަމާލުވާ ސަމާލުވުމަކީ މުޅިއަކުން ގޯސްކަމެއް ނޫނެވެ. ނުރައްކަލަކަށް ސަމާލުވުމަކީ ތަބީއީ ކަމެކެވެ. ދުއވާ އެއްޗިހި ގިނަ މަގެއް ހުރަސްކުރަން ޖެހުނަސް ސަމާލުވާން ޖެހޭތާއެވެ.