ގުރުދާގައި ހިލައުފެދުން: Difference between revisions

Content deleted Content added
No edit summary
m rvv
Tag: Rollback
 
ފޮޅުވަތް 1:
އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ({{en|Renal Stone}}) ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން [[އެ]]އްފަޅިއެއްގައިއެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.
 
ގުރުދާގައި ހިލައުފެދެނީ ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުވުން، ނުވަތަ ހިލައުފެދުމަށް އެހީވެދޭ މާއްދާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި ގިނަވުމުންނެވެ. ގުރުދާގައި އުފެދޭ ހިލައިގައި އެންމެ އާއްމުކޮށް ހިމެނޭ އެއް މާއްދާއަކީ ކެލްސިއަމް އެވެ. މިގޮތުން ކެލްސިއަމް ހުންނަނީ ފޮސްފޭޓް، ނުވަތަ އޮކްސަލޭޓް އާއި ގުޅި ލާމެހިފައެވެ. ގުރުދާގައި ހިލައުފެދުމަށް އެހީވެދޭ އެހެން މާއްދާ ތަކުގެ ތެރޭގައި ޔުރިކް އެސިޑް އަދި ސިސްޓައިން ހިމެނެއެވެ.