Content deleted Content added
m wikidata interwiki
No edit summary
ފޮޅުވަތް 1:
ނިއްޖަކީ އަހަރެމެންގެ ޙަޔާތަށް ވަރަށް މުހިއްމު އެއްޗެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފުރިހަމައަށް ނިދިގެން ނޫނީ ދުވާލުގެ ވަގުތުތައް ހިތްހަމަޖެހޭގޮތެއްގައި ހޭދަކޮށްލުން އޮންނަނީ އުދަގޫ ކަމަކަށްވެފައެވެ. އެކި މީހުންނަށް ނިދަން ބޭނުންވާ މިންވަރު ތަފާތު ވެއެވެ. އެވްރެޖް ގޮތެއްގައި ރެޔަކާއި ދުވާލު 7 ނުވަތަ [[6]] ގަޑިއިރުގެ ނިދިން ފުދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.
 
ނިދިނައުން މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. ނިދިނައުން މާނަ ކުރެވެނީ ނިދަން އޮށޯތުމަށްފަހު ނިދަން އުދަގޫވުން، ރޭގަނޑު ދޭތެރެއަކުން ހޭލެވުމަށްފަހު އަލުން ނިދަން އުދަގޫވުން، ފަދަ ކަންކަން ކުރިމަތިވުމަށް ނިސްބަތް ކޮށެވެ. ބައެއް މީހުންނަށް މާހެދުނާ ހޭލެވުން، އަދި ހެނދުނު ހޭލާއިރު ވަރުބަލިކަން އިހްސާސްވުމަކީ ވެދާނެ ގޮތެކެވެ. އަދި ފުރިހަމަ އަށް ނިދިނުލިބުމުން މުޅި ދުވަސް ވަރުބަލި ކަމުގައި ހޭދަކުރަން ޖެހެއެވެ. ކަންކަމަށް ވިސްނުން ކުޑަވުމާއި، ސަމާލުކަން ކުޑަވުމަކީ ނިދި ނުލިބުމުން ވެދާނެ ގޮތެކެވެ.