Content deleted Content added
No edit summary
 
ފޮޅުވަތް 1:
[[ފައިލް:illu_pectoral_girdles.jpg|thumb|250px||ކޮނޑުކަށި]]
ކޮނޑުކަށި({{en|Clavicle}}) އަކީ ލަގޮނޑި ވަޅާއި [[ކޮނޑު]] ހުޅާއި ދެމެދުގައިވާ ކަށިގަނޑެވެ. މިކަށިގަނޑަށް ކޮނޑު ކަށިގަނޑު ވެސް ކިއިދާނެއެވެ. އެއީ މިކަށިގަނޑު އިންނަނީ ކޮނޑު މަތީގައި ކަމަށްވާތީ އެވެ. ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކުގައި މާރާކަށި ވެސް ކިޔައި އުޅެއެވެ. ކޮނޑު ކައްޓަކީ [[ކޮނޑު]]ނުވަތަ ކޮނޑު ހުޅު އުފެދުމުގައި ވެސް ބައިވެރިވާ ކަށިގަނޑެކެވެ. ކޮނޑުކަށި ކަރާ ކައިރިން ޖެހިފައި އިންނަނީ މޭމަތީގެ ކަށިތައް ނުވަތަ އަރިކަށިތައް ގުޅިފައިވާ '''ސްޓާރނަމް''' ގައި ޖެހިފައެވެ. އަރިމަތިން އިންނަނީ [[ބޮބިފަޅި ކަށިގަނޑު]] ގައި ޖެހިފައެވެ. އެހެންކަމުން [[ކޮނޑު]]ހުޅު އުފެދުމުގައި ވެސް މިކަށިގަނޑު ބައިވެރި ވެއެވެ.