Content deleted Content added
No edit summary
Tags: Mobile edit Mobile app edit Android app edit
No edit summary
Tags: Mobile edit Mobile app edit Android app edit
ފޮޅުވަތް 5:
 
 
'''ޝީޢީ މަޛްހަބު'''ގައި އަލްއިމާމިއްޔާ - އަލް އިޘްނާ ޢަޝަރިއްޔާގެ ގޮތުގައި ފާހަނގަ ކުރެވިފައިވަނީ ކީރިތި ރަސޫލާ އަށްފަހު ޚަލީފާކަން ހައްޤުވެގެންވަނީ [[ޢަލީގެފާނު|ޢަލީގެފާނަށް]] ކަމަށާއި [[އަބޫބަކުރުގެފާނު|އަބޫބަކުރުގެފާނާއި،]] [[ޢުމަރުގެފާނު]] އަދި [[ޢުޘްމާނުގެފާނު|އުޘްމާންގެފާނު]] ޚަލީފާކަމަށް އިސްކުރެވިފައިވަނީ ނުހައްޤުންކަން ޤަބޫލުކުރާ އަޤީދާއެއްގައި ހިފަހައްޓައިގެން ތިބި އިސްލާމްދީނަށް ނިސްބަތް ކުރެވޭ ޖަމާއަތެކެވެ. މިއީ أهل السنة والجماعة އަށްފަހު އެންމެ ބޮޑު ޖަމާޢަތެވެ. މިބައިމީހުންނަށް އމާމިއްޔާއިންނޭ ކިޔެނީ އިސްލާމީ އުއްމަތުގެ އިމާމަތު ނުވަތަ ވެރިކަން އެމީހުންނަށް ޚާއްޞަކުރާތީއެވެ. އަދި އެއީ އާލުބައިތުންގެ 12 އިމާމުންގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއްކަމަށް ބުނާތީއެވެ. މުސްތަދްރަކްއަލްސަހީހައިނީގައިވާ ހަދީޘެއްގައި ވެއެވެ. "ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މިސާލަކީ ނޫހުގެފާނުގެ ނަވުގެ މިސާލެވެ. އެނަވަށް އަރައިފި މީހަކު ސަލާމަތް ވެއްޖެއެވެ. އެއާ ދުރުވެއްޖެ މީހަކު ހަލާކު ވެއްޖެއެވެ."
މުސްތަދްރަކްއަލްސަހީހައިނީގައިވާ ހަދީޘެއްގައި ވެއެވެ. "ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މިސާލަކީ ނޫހުގެފާނުގެ ނަވުގެ މިސާލެވެ. އެނަވަށް އަރައިފި މީހަކު ސަލާމަތް ވެއްޖެއެވެ. އެއާ ދުރުވެއްޖެ މީހަކު ހަލާކު ވެއްޖެއެވެ."
 
ޝީޢީ މަޛްހަބުގެ ގަބޫލުކުރާ މީހުންނަކީ ޝީޔާ ނުވަތަ ޝީއީނނެވެ. ޝީޢީން ނަކީ މުސްލިމް އާބާދީގެ 10 ނުވަތަ 13 އިންސައްތައެވެ. މީގެ ތެރެއިން 80 އެއްހައި އިންސައްތަ ދިރިއުޅެނީ މައިގަނޑު 4 ގައުމެއްގައެވެ. އެއީ [[އިރާން]]، [[އިރާގް]]، [[ޕާކިސްތާން]] އަދި [[އިންޑިޔާ]] އެވެ. ޝިޢާ މަޛްހަބުގެ އެންމެ ބޮޑު ޖަމާއަތަކީ އަލް އިސްނާ އަޝަރިއްޔާ އެވެ.