ކިޔުޓެނިއަސް ލާރވާ މައިގްރަންސް: Difference between revisions

Content deleted Content added
Created page with "ކިޔުޓެނިއަސް ލާރވާ މައިގްރަންސް އަކީ ބުޅަލުގެ ނަޖިހުންނާއި، ވެލީގެ ޒަރީޢާއިން ފެތުރޭ ހަމުގެ..."
(No difference)

10:49, 11 ނޮވެމްބަރު 2019ގެ ނުސްހާ

ކިޔުޓެނިއަސް ލާރވާ މައިގްރަންސް އަކީ ބުޅަލުގެ ނަޖިހުންނާއި، ވެލީގެ ޒަރީޢާއިން ފެތުރޭ ހަމުގެ ބައްޔެކެވެ. މިއީ ފަރުވާކުރެވޭ، އަދި ފަސޭހައިން ރަނގަޅުވާ ބައްޔެކެވެ. މިއީ ދިވެހިރާއްޖެ އިން އަބަދުވެސް ފެންނަ ބައްޔެކެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

ބުޅަލުގެ ނަޖިހުންނާއި، ވެލީގެ ޒަރީޢާއިން ޖެހޭ މިބަލިން ރައްކާތެރިވުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކިޔުޓެނިއަސް ލާރވާ މައިގްރަންސް އިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ. • ހުސްފައިގައި މަގުމަތީގަޔާއި، ވެލީގައި ނުހިނގުން • މަގުމަތީގައި އުޅޭ ބުޅަލުގައި އަތްނުލުން • ބުޅަލުގެ ނަޖިހުން ރައްކާތެރިވުން ނޫނީ ބުޅަލުގެ ނަޖިހާ ދުރުވުން ނުވަތަ ނަޖިހުގައި ނުޖެހުން • ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑިވޯމްކުރުން • ބުޅާ ބާއްވާފައި އޮންނަ ލިޓަރ ބޮކްސް ސާފުކުރާއިރު އަންގި ބޭނުންކުރުން • ބުޅާ ބާއްވާފައި އޮންނަ ލިޓަރ ބޮކްސް ސާފުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން • ކުޑަކުދިން ޕާކު، މައިޒާން ފަދަ ތަންތަނަށް ގޮސްއުޅޭއިރު ވެއްޔަށް އަތްލިޔަނުދިނުން • ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އާދަކުރުން