ގައުމީ ފިލްމް އެވޯޑް: Difference between revisions

Content deleted Content added
ފޮޅުވަތް 166:
* އެންމެ މޮޅު ޑައިރެކްޓަރ : ޔޫސުފް ޝަފީއު - އެދޮންވެލި ތުނޑި 1
* އެންމެ މޮޅު ފިލްމް : އެދޮންވެލި ތުނޑި 1
 
== ގައުމީ ފިލްމް އެވޯޑް 7 ==
ގައުމީ ފިލްމް އެވޯޑް 7 ބާއްވައިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. މިއަހަރުގެ އެވޯޑް ބާއްވާފައިވަނީ 2011-2013 ވަނަ އަހަރު ރިލީޒްކުރި ފިލްމްތަކަށެވެ. ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް 11 ފީޗާ ފިލްމާއި ހަ ކުރު ފިލްމު ވާދަކޮށްފައި ވެއެވެ
===7ވަަނަ ގައުމީ ފިލްމް އެވޯޑަށް ވާދަކުރާ ފީޗާ ފިލްމްތައް:===
1. އިނގިލި (2013): މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށް 2014 ގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. "އިނގިލި" ގެ ތަރިންނަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މުއާ އެވެ.
 
2. ސަޒާ (2011): މިއީ މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ނިއުމާ މުހައްމަދު، ކޮޕީ އިއްސެ އަދި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ.
 
3. މި ހަށިން ފުރާނަ ދަންދެން (2013): މިއީ ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓް ކުރި ފިލްމެކެވެ. ތަރިންނަކީ ނިއުމާ، އަލީ ސީޒަން އަދި މުހައްމަދު މަނިކެވެ.
 
4. ދިލަކަނި (2013): މިއީ އަނެއްކާ ވެސް މަހުދީގެ ސްކްރީންޕްލޭއަކަށް ކުޑަފޫޅު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންގެ ތެރޭގައި ނިއުމާ، ކޮޕީ އިއްސެ، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.
 
5. ފަތިސްހަނދުވަރުގެ ފެށުން ތްރީޑީ (2013): މިއީ ދިވެހި ސިނަމާގެ ފުރަތަމަ ތްރީޑީ ފިލްމެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެދިސް ދިން މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފަތުމަތު ފަރީލާ އެވެ.
 
6. ލަވް ސްޓޯރީ (2013): މިއީ އަނެއްކާ ބިންމާގެ ވާހަކައަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ރިޝްމީ ރަމީޒް އަދި އާމިރާ އިސްމާއީލެވެ.
 
7. އިންސާފު (2011): މިއީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް، އެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ފާހަގަކޮށްލެވެ އެވެ.
 
8. ޒަހަރު (2011): މި ފިލްމަކީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ފޭޓަލް އެޓްރެކްޝަން" އަސްލަކަށް ބަލައިގެން ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ނިއުމާ އަދި ޝީލާ ނަޖީބެވެ.
 
9. ލޫދިފާ (2011): މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ތަރިންގެ ތެރޭގައި ރަވީ، ކޮޕީ އިއްސެ، މަރިޔަމް އަފީފާ، އަހުމަދު އާސިމް އަދި ފާތުމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.
 
 
 
10. ހިތް ޔާރާ ދީފާ (2011): މިއީ ރިޝްމީ ރަމީޒާއި އަހުމަދު އަޒްމީލް (އަޒޭ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ރިޝްމީ، އަޒޭ، ނިއުމާ އަދި ސީޒަން ހިމެނެ އެވެ.
 
11. ކުށްވެރިޔަކީ ކާކުހޭ (2011): މިއީ މަޝްހޫރު މޭކަޕް އާޓިސްޓް ފީރޯޒް އައިސްތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންނަކީ ރިޝްމީ، އަޒޭ އަދި އަހުމަދު ޝާހް އަލީ އެވެ.
 
===އެވޯޑަށް ވާދަކުރާ ކުރު ފިލްމްތައް:===
މި ފަހަރުގެ އެވޯޑަށް ވާދަކުރަނީ ޖުމްލަ ހަ ކުރު ފިލްމެވެ. އޭގެ ތެރެއިން ފަސް ފިލްމަކީ މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ފިލްމުތަކެވެ.
 
އޭގެ ތެރޭގައި ހިމެނެނީ "13 އަށް ވިސްނާ 2000 (2012)، ސިޔާސީ ކޯޅުން (2013) ސިޔާސީ ވެކްސިން (2011)، "ފަރިހިބެ 3 (2011) އަދި "ފަރިހިބެ 4 (2013) އެވެ.
 
މި ކެޓަގަރީން ދެން އެވޯޑަށް ވާދަ ކުރަނީ ޑާކް ރެއިނަށް 2012 ގައި ޗިއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ވޫޑޫ" އެވެ.
 
== ގައުމީ ފިލްމް އެވޯޑް 8 ==