Content deleted Content added
ފޮޅުވަތް 1:
<DIV STYLEstyle="font-family: MV Typewriter;
color: black; font-size: 12pt; line-height:
20pt">
 
<DIV STYLEstyle="font-family: Faruma;
color: black; font-size: 12pt; line-height:
20pt">
ފޮޅުވަތް 36:
==ހަޔާތު==
===އާއިލާ===
ފިރުދޯސީ ނިސްބަތްވަނީ އީރާނުގެ ބިންވެރި [[ދަހްޤާން]] (ބިންވެރިން) ގެ އާއިލާއަކަށެވެ. އަދި އުފަންވެފައިވަނީ 940 ވަނަ އަހަރު، [[ސަމާނިޔާން]] ވެރިކަމުގެރަސްކަމުގެ ދުވަސްވަރުސަރަހައްދުގައި އޮތް [[ތޫސް]] ޝަހަރުގެ ޕާޖް އަވަށުގައެވެ. އެއީ މިހާރުގެ ރަޒާވީ ޚުރާސާން ޕްރޮވިންސް އެވެ. މީނާގެ ޅައިރުގެ މާ ގިނަ ތަފްސީލްތަކެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭނާގެއޭނާ ކައިވެންޏެއް ކުރި ކަމާއި، އަންހެނުންނަކީ ލިޔަންކިޔަން ދަންނަ މީހެއްކަމާއި، އޭނާގެ ފިރިހެން ދަރި 37 އަހަރުގައި ނިޔާވިކަން،ނިޔާވިކަމާއި، އަދި އެކަމުގެ ހިތާމަހިތާމައިގައި ފިރުދޯސީޅެމެއް ފާޅުކޮށްފާވާކަންހަދައި، އެ ޅެން ޝާހުނާމާގައި ހިމަނާފައިވާ ކަން އެނގެއެވެ.
 
ޝާހްނާމާއިން ދަލީލުކުރާގޮތުގައި ފިރުދޯސީ އަކީ [[ޝީޢީ މަޛްހަބު|ޝީއީ]] މުސްލިމެކެވެ.
===ފަސްމަންޒަރު===
ފިރުދޯސީ ނިސްބަތް ވަނީ ދަހްގާނުންގެ ދަރިކޮޅަށެވެ. މިއީ ބިންވެރިންނެވެ. އަދި އިއްޒަތްތެރިންނެވެ. އީރާނުގައި ސާސާނިޔާން ދަރިކޮޅުގެ (އިސްލާމީ ވެރިކަން ފެށުމާ ހަމަޔަށް އީރާނުގައި ވެރިކަން ކުރަމުން އައި ދަރިކޮޅު) ވެރިކަމުގައި ބިންވެރިންނަކީ ނުފޫޒުގަދަ ބައެކެވެ. ސާސާނިޔާންގެ ވެރިކަމުގެ ބާރުތައް މަޑުމަޑުން ދޫވަމުން ދިޔަ ކަމުގައި ވިޔަސް، 7 ވަނަ ގަރުނުގައި އަރަބި އިސްލާމުން އީރާން ފަތަހަ ކުރުމާ ހަމައަށް އެ ވެރިކަން ދެމި އޮތެވެ. ދަހްގާނުން ނަކީ ގައުމުދެކެ އިންތިހާއަށް ލޯބިވީ ބައެކެވެ. އަދި އީރާނުގެ ސަގާފީ އާދަކާދަތަކާއި، ވަރުގަދަ ރަސްރަސްކަލުންގެ ވާހަކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެމީހުންގެ ޒިންމާއެއް ކަމުގައި އެމީހުން ދުއްޓެވެ.
 
7 ވަނަ ގަރުނުގައި މުސްލިމުން އީރާނު ފަތަހަކުރުން ވެގެންދިޔައީ މުޅި އީރާނުގެ ތާރީހު ބަދަލުކޮށްލި ހާދިސާއަށެވެ. އާ ދީނަކަށް އުޅެނެން ފެށުމާއި، އިސްލާމީ ހިލާފަތުގެ ދަށަށް އިރާނު ދިޔުމާއި، ފާރިސީ ބަހުގެ މައްޗަށް އަރަބި ބަހާއި ސަގާފަތު އިސްކުރުން ހިމެނެއެވެ. 9 ވަނަ ގަރުނުގެ ފަހުކޮޅަށް އެޅި އިރު އިސްލާމީ ހިލާފަތުގެ ބާރު ނެތެން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން އީރާނުގެ ސަމާނިޔާން ދަރިކޮޅަކުން ވެރިކަން ކުރުން ފެށުނެވެ. ސަމާނިޔާން އަކީ އޭގެ ކުރީގައި ވެރިކަން އޮތް ސާސާނިޔާން ދަރިކޮޅާ ގުޅިފައިވާ ދަރިކޮޅެއް ކަމުގައި ބުނެވެއެވެ. ފިރުދޯސީ ބޮޑުވެގެން އައީ މި ވެރިކަމުގެ ސަރަހައްދުގެ ތޫސް ގައެވެ. މި ވެރިކަމުގެ ފަރާތުން، އަރަބި ބަހުގެ ބަދަލުގައި އާ ފާރިސީބަސް ބޭނުންކުރަން ފެށިއެވެ. އަދި އިސްލާމީ ހިލާފަތުގެ ކުރީގެ އިރާނުގެ ސަގާފަތަށް ހާއްސަ ޝައުގެއް ބެހެއްޓިއެވެ.
 
===ޅެންވެރިކަން===
ޝާހްނާމާ ފިޔަވާ އިތުރު ޅެންތައް ފިރުދޯސީ ލިޔެފައިވާނެކަމަށް ބެލެވެއެވެ. އެކުވެރި ޅެންވެރިޔާ ދަގީގީ ގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ފިރުދޯސީ ޝާހްނާމާގެ މަސައްކަތް ފެށީ 977 ވަނައަހަރުއެވެ. ސަމާނިންދު ވަލީއަހްދު މަންސޫރުގެ ދީލަތި އެހިތެރިކަމާ އެކު ޝާހްނާމާގެ ފުރަތަމަ ބައި 994 ގައި ނިންމާލިއެވެ. އޭގެ ފަހުން ތުރުކީގެ ގަޒްނަވިންދުން އައިސް ސަމާނިންދުން ބަލިކޮށް ވެރިކަން އަތުލުމަށް ފަހު ފިރުދޯސީ އަނެއްކާވެސް ޝާހްނާމާގެ މަސައްކަތް ފެށިއެވެ. އަދި ގަޒްނަވިންދް ސުލްތާން މަހްމޫދަށް ސަނާކިޔާ ޅެންތައް ލިޔުނެވެ. މުޅި ޝާހްނާމާ އެކީގައި ލިޔެ ނިމުނީ 8 މާރޗް 1010 ގައެވެ.