Content deleted Content added
No edit summary
No edit summary
ފޮޅުވަތް 2:
'''ރޯދަ''' އަކީ ކޮންމެ އަހަރަކު ރަމަޟާން މަހުގައި އަދާ ކުރުމަށް [[މުސްލިމުން|މުސްލިމުންގެ]] މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ.  ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ.<ref name=":0">މުޙައްމަދް ބިން ޞާލިޙުލް ޢުޘައިމީން (1401.ހ) نبذ في الصيام [ލީފްލެޓް]</ref> ރަމަޟާންމަހު ރޯދަ ހިފުމަކީ: އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނެކެވެ.
 
== އިސްލާމް ދީނުގައި ރޯދައި ބައެއް ޙުކުމްތައް<ref name=":0" /> ==
ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ.
 
ރަމަޟާންމަހުގެ ރޯދައަކީ: އިސްލާމްކަމުގެ މަތިވެރި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.<blockquote>بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البْْيتِ، وَصَوْمِ رَمَضَانَ</blockquote><blockquote>މާނައީ: އިސްލާމް­­ދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤު­ވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ކުރުމާއި، ޒަކާތް­­ދިނުމާއި، ގެފުޅަށް ޙައްޖު­ވުމާއި، ރަމަޟާންމަހު ރޯދަހިފުމެވެ. [ބުޚާރީއާއި މުސްލިމް]</blockquote>
 
=== ރޯދައިގެ ޙުކުމުގައި މީސްތަކުން ބެހޭ ބައިތައް<ref name=":0" /> ===
# ބާލިޣުވެ، ބުއްދި ސަލާމަތުން ހުރެ، ރަށުގައި ޤާއިމްވެ ހުރި، ކުޅަދާނަ­ކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެން ވެއެވެ.
# ކާފަރަކަށް ރޯދައެއް ނުވެއެވެ. އަދި އިސްލާމް ވިޔަސް އެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.
ފޮޅުވަތް 33:
# '''ލޭ އެޅުން''': މިސާލަކަށް ރޯދަވެރިޔާގެ ހަށިގަނޑުން ލޭއައިސްގެން އޭގެ ބަދަލުގައި ލޭ އެޅުން.
# ޙައިޟުގެ ނުވަތަ ނިފާސްކަމުގެ ލޭ އައުން.
# '''[[ކަވާޖެހުން]] (ޙިޖާމާ ނުވަތަ ކަޕިންގ)''' ފަދަ ކަމަކުން ލޭ ބޭރުކުރުން. ނަމަވެސް އަމިއްލައަށް ލޭ އައުމުން (މިސާލަކަށް ނޭފަތުން ލޭއައުން، ދަތް އުފުރިގެން ލޭއައުން) ފަދަ ކަންކަމުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ޙިޖާމާފަދަ ކަންކަމެއް ނޫނެވެ.
# '''ގަސްތުގައި ހޮޑުލުން.''' ގަސްތަކާ ނުލައި ހޮޑު ލެވުނަސް ރޯދައެއް ނުގެއްލޭނެއެވެ.
==މަރުޖިޢުތައް==
 
{{Reflist}}
==== ރޯދައާ ގުޅޭ އިތުރު ބައެއް ޙުކުމްތައް<ref name=":0" /> ====
# ޖުނުބުވެރިވެފައިވާ މީހާ އެ ޙާލުގައި ރޯދައިގެ ނިޔަތްގަނެފައި، ފަޖުރު­ލުމުގެ ފަހުން ހިނައިގަތުން ހުއްދައެވެ.
# ފަރުޖުލުމުގެ ކުރިން ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ ރޯދަމަހު ޠާހިރުވެއްޖެ ނަމަ ރޯދަހިފުން ވާޖިބުވާނެއެވެ. ފަޖުރުލުމުގެ ފަހަށް ހިނައިގަތުން ލަސްކުރިޔަސް މައްސަލައެއް ނެތެވެ.
# ރޯދަވެރިރާ ދަތް އުފުރުމާއި، ޒަޚަމުގައި ބޭސްއެޅުމުމާއި، ލޮލަށް ނުވަތަ ކަންފަތަށް ބޭސްތިކި އެޅުން ފަދަކަންކަމީ، ކަރުގައި އޭގެ ރަހަ ލިޔަސް، އެއިން ރޯދަ ނުގެއްލޭ، ހުއްދަ ކަންކަމެވެ.
# ދުވާލުގެ ކުރީކޮޅުގައި ވިޔަސް ފަހުކޮޅުގައި ވިޔަސް ރޯދަވެެރިޔާ ދަތްއުނގުޅުމަކީ ހުއްދަކަމެކެވެ. އަދި ރޯދަނޫން މީހާއެކޭ އެއްފަދައިން ރޯދަވެރިއާއަށްވެސް ސުންނަތްވެގެންވާ ކަމެކެވެ.
# ކަރުހިއްކުމާއި ދުވާލުގެ ގަދަ ހޫނުން ލުއިކަން ހޯދައިގަތުމަށް ގަޔަށް ފެން އެޅުމާއި، “ އޭސީ” ބޭނުންކުރުން ފަދަ ކަންކަމަކީ ރޯދަވެރިޔާއަށް ހުއްދަ ކަންކަމެކެވެ.
# ނޭވާލާން އުނދަގޫވާ މީހުން އެކަމަށް ބޭނުންކުރާ އިންހޭލަރު ފަދަ ތަކެތި ބޭނުންކުރުން ރޯދަވެރިޔާއަށް ހުއްދައެވެ.
# ރޯދަވެރިޔާގެ ތުންފަތް ހިކިއްޖެނަމަ ތެންމާލުމާއި، އަނގަ ހިކިއްޖެ ނަމަ ކަރުތެރެއަށް ފެން ފޮނުވުމަކާ ނުލައި (ވުޟޫކުރާއިރު ދޮންނަ ގޮތަށް) ފެނުން އަނގަ ދޮވުން ހުއްދައެވެ.
# ހާރުކެއުން ލަސްކުރުމާއި، އިރު އޮއްސުމުން ރޯދަވީއްލުން އަވަސް­­ކުރުމާއި، ރޯދަވީއްލާއިރު ދޮންކަދުރުން، ދޮންކަދުރު ނުލިބިއްޖެނަމަ ހިކިކަދުރުން އަދި ހިކިކަދުރު ނުލިބިއްޖެ ނަމަ ފެނުން، އަދި ފެންވެސް ނުލިބިއްޖެ ނަމަ ޙަލާލު ކޮންމެވެސް ކާއެއްޗަކުން ރޯދަވީއްލުމާއި، އެވަރުވެސް ނުވެއްޖެ ނަމަ، ރޯދަ ވީއްލާނޭ އެއްޗެއް ލިބެންދެން، ހިތުން ރޯދަވީއްލުމާއި، މި ކަންކަމަކީ ރޯދަވެރިޔާއަށް ސުންނަތް ކަންކަމެވެ.
# ހެޔޮ ކަންކަން ވީހައިވެސް ގިނަކުރުމާއި، ނަހީކުރެވިގެންވާ އެންމެހައި ކަންކަމުން ދުރުވެހުރުން ރޯދަވެރިޔާއަށް ސުންނަތްވެގެން ވެއެވެ.
# އެންމެހައި ޙަރާމް ކަންތައްތަކުން ދުރުވެގަތުމާއި، ވާޖިބު ކަންތައްތަކަށް ރައްކާތެރިވުމީ ރޯދަވެރިޔާގެ މައްޗަށް ވާޖިބެކެވެ. މި ގޮތުން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި، އަދި ޖަމާޢަތުގައި ނަމާދުކުރަން ޖެހޭ މީހެއް ނަމަ ޖަމާޢަތުގައި ކުރުމާއި، މީގެ އިތުރުން ދޮގުހެދުމާއި ނެތިމޮށުމާއި ޣީބަބުނުމާއި މަކަރުހެދުމާއި، ރިބާގެ މުޢާމަލާތްތައް ކުރުމާއި، މި ނޫނަަސް ޙަރާމްވެގެންވާ އެންމެހައި ޢަމަލުތަކާއި ބަސްތަކުން ދުރުވެ ހުރުމީ ވެސް ރޯދަވެރިޔާއަށް ވާޖިބު ކަންކަމެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "مَن لَّمْ يَدَعْ قَولَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلهِ حَاجَةٌ فِي أَن يَدَعَ طَعَامَهُ وَشَرَابَه" މާނައީ: "ދޮގުބަސް ބުނުމާއި އެއަށް ޢަމަލުކުރުމާއި، ޖާހިލުންގެ ޢަމަލުތަކާއި ބަސްތައް ދޫކޮށްނުލާ މީހާ އޭނާގެ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަށް ﷲ ބޭނުންވެވޮޑިނުގަންނަވައެވެ."