Content deleted Content added
m ރޮބޮޓ ފޮހެލުނ: tt:Allah (strong connection between (2) dv:ﷲ and tt:Аллаһ), id:Allah (strong connection between (2) dv:ﷲ and id:Allah (Islam))
Fixed typo
Tag: Mobile app edit
ފޮޅުވަތް 1:
{{Islam}}
އައްލާހު (ﷲ( އަކީ އަރަބިބަހުން ވާހަކަ ދައްކާއުޅޭ އިބުރާހިމީ )ޔަހޫދީ، އިސާއީ އަދި އިސްލާމް( ދީންތަކުގެ މީހުން ޤަބޫލްކޮށް އަޅުކަންކުރާ އިލާހަށް ކިޔާ ނަމެވެ. ނަމަވެސް 21 ވަނަ ޤަރުނަށް އައިއިރު ދުނިޔޭގެ ގިނަ މީހުން ދެކޭގޮތުގައި މިނަން ރައްދުވަނީ މުސްލިމުން އަޅުކަންކުރާ އިލާހަށެވެ. ދިވެހި ބަހުން މިއިލާހަށް ނިސްބަތްކޮށް ކިޔާއުޅުނީ މާތްރަސްކަލާނގެ މިފަދައިންނެވެ. އަރަބި ބަހުން މިނަމުގެ ސީދާ މާނައަކީ ކަލާގެކަލާނގެ ނުވަތަ God އެވެ.
 
ތާރީޙް ދިރާސާކުރާ އިލްމުވެރިން ދެކޭ ގޮތުގައި އިސްލާމްދީން އައުމުގެ ކުރިންވެސް މައްކާގެ އަހުލުވެރިން މިނަމުން އިލާހަކަށް މުހާތަބުކުރިއެވެ. އަދި އެއިލާހާއި އެކުގައި އެއިލާހުގެ އަންހެން ދަރިންނަށް ވެސް އަޅުކަންކުރިއެވެ. ނަމަވެސް އަދުގެ މުސްލިމުން ދެކޭގޮތުގައި މިނަމަކީ އެއްކައުވަންތަ އިލާހުގެ ނަމެވެ. މިއިލާހަކީ އެފަދަ އެހެންފަރާތެއް ނުވާ، ކާއިނާތުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނގެކަމަށެވެ. އަދި މިއިލާހަށް ކިޔާ އުޅޭ އެހެން ހުރިހާ ނަމެއް އަނބުރާ ރައްދުވަނީ ﷲ މިނަމަށެވެ.