Content deleted Content added
No edit summary
ފޮޅުވަތް 12:
ރުސްތުމް އާއި، އަޔަލެންޑްގެ ވާހަކަތަކުގައި ސިފަކޮށްފައިވާ ހިތްވަރުގަދަ ބާނީ ކޫޝުލަން އާ ދެމެދު އެއްގޮތް ވާހަކަތަކެއް އައިސްފައި ވެއެވެ. މި ދެ ފަހުލަވާނުންވެސް، ޒުވާން އުމުރުގައި ބޮޑެތި އިރުފީތު ބަލިކުރިއެވެ. އަދި ހަނގުރާމައިގައި އެމީހުންގެ އަތުން އަމިއްލަ ދަރި ގަތުލު ކުރެވެއެވެ. މީގެ އިތުރުން މި ދެމީހުންނަކީވެސް ހަނގުރާމައިގެ ހުނަރުވެރިކަމުގެ ސަބަބުން، "ބަލިނުކުރެވޭނެ" ކަމުގައި ބުނެވޭ ދެމީހުނެވެ. މި ދެ ބަތަލުންމެ މަރާލެވުނީ ހިޔާނާތްތެރިއެއްގެ ދުޝްމަނެއްގެ ރޭވުމަކުން ނެވެ. އަދި މި ކޮންމެ މީހަކުވެސް، ފަހުނޭވާގައި، ދުޝްމަނު ގަތުލުކުރެއެވެ.
 
== މަތިފުށްދަރިކޮޅު ==
ރުސްތުމް ކައިވެނި ކުރީ ސަންގަމަންގެ ރަސްގެފާނުގެ އަންހެންދަރި ތަހުމީނާ އާ އެވެ. މި ދެމީހުންނަށް ފިރިހެން ދަރިޔަކު ލިބުނެވެ. ނަމަކީ [[ސޮހްރަބް]] އެވެ. ބުނެވޭ ގޮތުގައި ސޮހްރަބް ގަތުލުކުރެވުނީ ހަނގުރާމައިގެ ތެރޭގައި ރުސްތުމްގެ އަތުންނެވެ. ރުސްތުމަށް ގަތުލު ކުރެވުނީ އޭނާގެ ދަރި ކަން އެނގުނީ ޒަހަމް ކުރެވުމަށް ފަހުއެވެ.