ރޯޑެޒްގެ ކޮލޯސަސް ބުދު: Difference between revisions

Content deleted Content added
New page: ރޯޑެޒް އަކީ ގްރީސް ގައި އީޖަން ކަނޑުގެ އިރު ދެކުނަށް މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ރަށްތ...
 
No edit summary
ފޮޅުވަތް 5:
 
ކޮލޯސަސް ބުދު ބިނާކުރުމުގެ މަސައްކަތަށް 12 އަހަރު ނެގިއެވެ. ބުދު ހަދަން ފެށިފައިވަނީ މީލާދީގެ ކުރިން 292 ވަނަ އަހަރު އެވެ. ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 280 ވަނަ އަހަރު އެވެ. ބައެއް ލިޔުން ތަކުގައި ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 282 ވަނަ އަހަރު ކަމުގައި ލިޔެފައި ވެއެވެ. 56 އަހަރު ވަންދެން ރޯޑެޒްގެ ބަދަރު މަތީގައި މިބުދު ދެމިހުރި އެވެ. އެހެންކަމުން މިބުދު ވެފައިވަނީ ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރެއިން އެންމެ ކުރު މުއްދަތަކަށް ފެންނަށް ހުރި ނިޝާނަށެވެ. މީލާދީގެ ކުރިން 224 ނުވަތަ 226 ވަނަ އަހަރު އައި ބިން ހެލުމެއްގައި ރޯޑެޒް އަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކޮލޯސަސް ބުދުގެ ކަކުލު ހުޅު ބިއްދައިގެން ދިއުން ހިމެނެއެވެ. އެދުވަސްވަރު މިޞްރުގެ ވެރިކަން ހިންގަމުންދިޔަ ''ޕީޓޮލޮމީ-3''ގެ ފަރާތުން ރޯޑެޒްގެ ކޮލޯސަސް ބުދު މަރާމާތު ކުރުމަށް ބޭނުންވާ އެހީވެ ދިނުމަށް އެދި ހުށަހެޅި އެވެ. ނަމަވެސް މިހުށަހެޅުން ރޯޑެޒްގެ އަހުލުވެރިން ގަބޫލެއް ނުކުރެއެވެ. ބިންހެލުމުގައި ބުދު ވެއްޓިފައި އޮތީ ބަދަރުގެ ފަޅު ތެރޭގައި ހުރި ހިލަތަކުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަދަރަށް ވަނުމަށް ހަދައިފައި އޮތް ނެރު ބެދިގެން ދިޔަކަމަށް ވެއެވެ.
 
{{Seven wonders}}
 
ގާތްގަނޑަކަށް ސާސްކަފެއް ވަންދެން ބުދު ބިދިފައި ރަގަޅު ނުކޮށް އެގޮތަށް އޮތެވެ. މީލާދީން 654 ވަނަ އަހަރު ޢަރަބީން ރޯޑެޒް އަށް ވަނުމަށްފަހު ހަލާކުވެފައިވާ ބުދުގެ ބައިތައް ނަގައި ސީރިޔާގެ ޔަހޫދީ ވިޔަފާރިވެރިއަކަށް ވިއްކާލި އެވެ. ބުނެވޭގޮތުގައި ބުދުގެ ބައިތައް ސީރިޔާއަށް ގެންދެވުނީ 900 ޖަމަލުގެ ބުރިކަށި މަތީގައެވެ. އެހެން ބައެއް ލިޔުންތަކުގައި ވަނީ ރޯޑެޒް އިން ސީރިޔާއަށް 9 ދަތުރު ބުދުގެ ބައިތައް އުފުލުމަށް ކުރިކަމަށެވެ. އަދި މިއިން ކޮންމެ ދަތުރެއްގައި އެތަކެތި އުފުލުމަށް 100 ޖަމަލު ބޭނުންކޮށްފައިވާ ކަމަށެވެ.