Content deleted Content added
ފޮޅުވަތް 37:
 
===ހުސައިން އިބްން އަލީ===
ޙުސައިންގެފާނަކީ ޢަލީގެފާނުގެ ހަގު ދަރިކަލުންނެވެ. މުއާވިޔަތުގެ ވެރިކަން އަތުލައްވައި މުސްލިމުންގެ މައްޗަށް ވެރިކަން ކުރެއްވުމަށް ޙުސައިންގެފާނު ދެކޮޅުހެއްދެވިއެވެ. ނަމަވެސް 680މ ގައި މުއާވިޔަތު އަވަހާރަވެ، ޚަލީފާކަން އޭނާގެ ދަރިކަލުން ޒައިދަށް ހަވާލުކުރެވުނެވެ. އަދި ޒައިދަށް ބައިއަތު ހިފުމަށް ޙުސައިންގެފާނުގެ އަރިހުން އެދުނެވެ. އެހެންނަމަވެސް، ޒައިދަށް ވެރިކަން ހަވާލުކުރުމަކީ ކުރިން ވެވިފައިވާ ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވާތީ، ޙުސައިންގެފާނު ޒައިދަށް ބައިއަތު ހިއްޕެވުމަށް ދެކޮލު ހެއްދެވިއެވެ. އަދި ކޫފާގެ ވެރިކަމަށް ޙުސައިންގެފާނު ވަޑައިގަތުމަކީ އެތައް މުސްލިމުންނެއްގެ އެދުމަކަށް ވާތީ، އެކަލޭގެފާނުގެ އާއިލާ އާއި ތަބާވީ މީހުން ގޮވައިގެން ކޫފާއަށް ދަތުރު ފެއްޓެވިއެވެ. ނަމަވެސް މި ދަތުރުމަތީގައި، ކަރުބަލާ (މިހާރުގެ އިރާގް) އިން ޔަޒީދުގެ ލަޝްކަރު ބައްދަލްކޮށް ޙުސައިންގެފާނާއި، އާއިލާއާއި ތަބާވީ މީހުންގެ ތެރެއިން 72 މީހުން ޝަހީދުކޮށްލިއެވެ.
 
ޝިޢާ މުސްލުމުން ގަބޫލުކުރަނީ ޙުސައިންގެފާނަކީ ޝަހިދެއް ކަމަށާއި މުސްލިމުންގެ އިމާމް ކަމުގައެވެ. ޙުސައިންގެފާނު ޝަހީދުކޮށްލެވުނު ހަނގުރާމަ، [[ކަރުބަލާ ހަނގުރާމަ]] އަކީ ސުންނީ މުސްލިމުންނާއި ޝީޢީ މުސްލިމުން ބައިކޮށްލެވުނު ހާދިސާއެވެ. އަދި މިދުވަސް ޝީޢީ މުސްލިުމުންގެ ތެރޭގައި [[އާޝޫރާ ދުވަހުގެ|އާޝޫރާ ދުވަސް]] ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރެވެއެވެ.
 
===އަހްލުބައިތުންގެ އިމާމްކަން===
===އެންމެ ފަހުގެ އިމާމް===