Content deleted Content added
ފޮޅުވަތް 35:
ޝާހްނާމާ ފިޔަވާ އިތުރު ޅެންތައް ފިރުދޯސީ ލިޔެފައިވާނެކަމަށް ބެލެވެއެވެ. އެކުވެރި ޅެންވެރިޔާ ދަގީގީ ގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ފިރުދޯސީ ޝާހްނާމާގެ މަސައްކަތް ފެށީ 977 ވަނައަހަރުއެވެ. ސަމާނިންދު ވަލީއަހްދު މަންސޫރުގެ ދީލަތި އެހިތެރިކަމާ އެކު ޝާހްނާމާގެ ފުރަތަމަ ބައި 994 ގައި ނިންމާލިއެވެ. އޭގެ ފަހުން ތުރުކީގެ ގަޒްނަވިންދުން އައިސް ސަމާނިންދުން ބަލިކޮށް ވެރިކަން އަތުލުމަށް ފަހު ފިރުދޯސީ އަނެއްކާވެސް ޝާހްނާމާގެ މަސައްކަތް ފެށިއެވެ. އަދި ގަޒްނަވިންދް ސުލްތާން މަހްމޫދަށް ސަނާކިޔާ ޅެންތައް ލިޔުނެވެ. މުޅި ޝާހްނާމާ އެކީގައި ލިޔެ ނިމުނީ 8 މާރޗް 1010 ގައެވެ.
 
===ޒިޔާރަތް===
ފިރުދޯސީ ވަޅުލެވިފައިވަނީ އޭނާގެ އަމިއްލަ ބަގީޗާގައެވެ. ކޮރަސަން ގެ ގަވަރުނަރު އެތާގައި ޒިޔާރަތެއް ބިނާކުރިއެވެ. މި ޒިޔާރަތް ވަރަށް ބޮޑަށް ހަލަކުވުމުން، 1928 އަދި 1934 ގައި އަލުން ބިނާކުރެވުނެވެ. މިކަން ކުރެވުނީ ރިޒާ ޝާހްގެ އަމުރަށެވެ.
 
==ހިދުމަތް==
ފިރުދޯސީގެ އެންމެ މަގްބޫލް މަސައްކަތަކީ ޝާހްނާމާ އެވެ. މީގެ އިތުރުން އެތައް ޅެމެއް އޭނާ ލިޔެފައި ވާނެކަން ކަށަވަރެވެ. ނަމަވެސް އޭނާގެ މިފަދަ ގިނަ މަސައްކަތްތައް މިހާރަށް ފެންނާކަށް ނެތެވެ. ވާހަކަ ޅެން "ޔޫސުފާއި ޒުލޭހާ" އަކީވެސް ފިރުދޯސީގެ މަސައްކަތެއް ކަމުގައި ގަބޫލުކުރެވެއެވެ.