Content deleted Content added
m fixing lead word
ފޮޅުވަތް 47:
}}
{{Redirect|ހިންދުސްތާން}}
'''އިންޑިޔާ އަކީ''' އަކީ ([[ހިންދީ|ހިންދީބަހުން]]: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ [[ދެކުނު އޭޝިޔާ]] އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. [[އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު|ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު]] ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ [[ލިބަރަލް ޑިމޮކްރަސީ]] އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ [[ހިންދު ކަނޑު|ހިންދު ކަނޑާ]]އެވެ. ހުޅަނގު ބިތުން [[ޢަރަބި ކަނޑު|ޢަރަބި ކަނޑާ]]އެވެ. އިރުމަތީ ބިތުން [[ބޭ އޮފް ބެންގާލް|ބޭ އޮފް ބެންގާލާ]]އެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ [[ޕާކިސްތާން]] އިމާއެވެ. އިރުއުތުރު އިން ގުޅެނީ [[ސީނުކަރަ]] އާއި [[ނޭޕާލް|ނޭޕާލާ]]އި [[ބޫޓާން|ބޫޓާނާ]] މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ [[ބަރުމާ]] އާއި [[ބަންގާޅު|ބަންގާޅާ (ބަންގްލާދޭޝް)]] މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް [[އޮޅުދޫކަރަ]] އާއި [[ދިވެހިރާއްޖެ]]އާއި [[އިންޑޮނޭޝިޔާ]]ގެ އަވަށްޓެރިއާ (Vicinity) އެވެ.
 
އިންޑިޔާ އަކީ، [[ސިންދު ވާދީ ރަށްވެހިކަން|ސިންދު ވާދީ ރަށްވެހިކަމުގެ]] ގޮވައްޗެވެ. ތާރީޚީ [[ވިޔަފާރި މަގު]] ތަކުގެ ސަރަޙައްދެވެ. ބޮޑެތި [[އަންބަރާޠޫރިއްޔަތު]]ތަކެއް އުފެދުނު ބިމެވެ. ހިންދުސްތާނީ [[ބައްރެސަޣީރު]]ގެ ދިގު ތާރީޚުގައި އެތަން މަޝްހޫރުވެފައިވަނީ [[ވިޔަފާރި]]އާ [[ސަގާފަތު|ސަގާފީ]] މުއްސަނދިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ މައި ދީންތަކުގެ ތެރެއިން [[ހިންދޫދީން|ހިންދޫދީނާ]]އި [[ބުދުދީން|ބުދުދީނާ]]އި [[ޖައިނިޒަމް|ޖައިނިޒަމާ]]އ [[ސިކުދީން]] އުފަންވީ އިންޑިޔާގެ ބިމުގައެވެ. މީލާދީން ފުރަތަމަ ސާސްކަފުގައި [[އިސްލާމް]]ދީނާއި [[ޢީސާއީދީން|ޢީސާއީދީނާ]]އި [[ޔަހޫދީދީން|ޔަހޫދީދީނާ]]އި [[ފާރިސީދީން]] އިންޑިޔާ އަށް ތަޢާރަފުވިއެވެ. ތަފާތުދީންތަކުގެ ސަބަބުން މި ސަރަޙައްދުގެ މީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިސަރަޙައްދަކީ ތަފާތު އެތައް ސަގާފަތެއް ފެނިގެންދާ ސަގާފީ މަރުކަޒަކަށް ވެގެން ދިއައެވެ. 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި [[ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީ]] މީހުން އިންޑިޔާ އަށް އައެވެ. އަދި 19 ވަނަ ޤަރުނުގެ މެދެއްހާ ތާގައި [[އިނގިރޭސިވިލާތް|އިނގިރޭސިން]]ގެ އިސްތިޢުމާރުގެ ދަށަށް އިންޑިޔާ ދިއައެވެ. ތަފާތު އެތައް ދުވަހެއްގެ ޞުލްޙަވެރި ޙަރަކާތްތަކެއްގެ ފަހުން 1947 ވަނަ އަހަރު އިންޑިޔާ، ޒަމާނީ ޤައުމެއްގެ ގޮތުގައި މިނިވަން ވިއެވެ.