ފަންވަތް:Featured article/2013-03: Difference between revisions

Content deleted Content added
Created page with "150px|left|މާލޭ ހުކުރު މިސްކިތް '''ސުލްޠާން އިބްރާހީމް އިސްކަންދަރު''' ނުވަތަ ސުލްޠާން އި..."
 
+
 
ފޮޅުވަތް 2:
'''ސުލްޠާން އިބްރާހީމް އިސްކަންދަރު''' ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ ''އިސްކަންދަރު'' ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު ''އިސްކަންދަރު ރަސްގެފާނު'' އެވެ.
 
އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ [[ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)]] ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ [[އުތީމު ޢަލީ ތަކުރުފާނު]]ގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ. އިސްކަންދަރު ރަސްގެފާނުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ނަންފުޅު އިނގޭ ބޭފުޅަކީ އާމިނާ ކަނބާފާނު އެވެ. މިރަދުންގެ ދަރިކަލުން ކުޑަ މުޙައްމަދުގެ މަންމާފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް ކިޔުނު ބޭފުޅެކެވެ. މިއީ މިރަދުންގެ ޖާރިޔާ އެކެވެ.
 
އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 1030 ވަނަ އަހަރުގައެވެ. އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ.
[[ސުލްޠާން އިބްރާހީމް އިސްކަންދަރު|''އަދި އިތުރަށް...'']]