ވިކިޕީޑިއާ:ޗީޓްޝީޓް: Difference between revisions

Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
{{delete}}
އަބޫ ޢުލާ ގެ ފުރިހަމަ ނަންފުޅަކީ އަލްޙާފިޡް އަލްޤާރީ މުޙައްމަދު ރިޔާޟް އެވެ. އަބޫޢުލާ އަކީ ށ.ކަނޑިތީމުގައި އެންމެ ފުރަތަމަ އުފެދުނު، މުތަވާޠިރު ސަނަދެއް އެންމެ ފުރަތަމަ ޙާޞިލުކުރައްވާފައިވާ ޤާރީއެވެ. އަބޫ ޢުލާ އަކީ ފުރަތަމައަށް ށ.ކަނޑިތީމުގައި ޤުރްއާނުގެ ޢިލްމަށް ޚާއްޞަ ކިލާހެއް އުފައްދަވާ މިނިސްޓަރީއޮފް އެޑިއުކޭޝަންގައި ރަޖިސްޓަރީ ކުރެއްވި ފަރާތެވެ. އަބޫޢުލާ އަކީ ތަޖްވީދު ޢިލްމުގެ ތެރެއަށް އުފަންރަށާއި އެހެނިހެން ރަށްރަށުގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވައްދަވައި، އެމީހުންގެ ކިޔެވުމަށް ވަރަށް ބޮޑު އިސްލާހެއް ގެންނަވައި، އެ ދާއިރާގައި ކުރިޔަށްދާން ބޭނުންވާ މީހުންނަށް ވަރަށް ތަނަވަސް ދޮރުތަކެއް ހުޅުވައިދެއްވި ޤުރްއާނުގެ ޚާދިމެކެވެ.ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1399 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 ވަނަ އަށް ވީ ބުރާސްފަތި ދުވަހުއެވެ.މީލާދީން 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.އަބޫޢުލާ އަކީ ކީރިތި ޤުރްއާނުގެ ޙާފިޡެކެވެ. ޙަފްޞް ރިވާޔަތަށް ޚާއްޞަ ޤާރީއެކެވެ.ހުނަރުވެރި، އެކުގައި މަސައްކަތްކުރާ މީހުންނާއި ގުޅޭ، ކުދިންނާއި ރައްޓެހި ހަރުދަނާ މުދައްރިސެކެވެ.ހީވާގި ވޮލަންޓިއަރެކެވެ.ޤުރްއާނުގެ ދާއިރާގެ ޚާދިމެކެވެ.
އަބޫޢުލާގެ ބައްޕާފުޅަކީ ށ. ކަނޑިތީމު އިދުރީސްގެ ދަރިކަލުން ޢަބްދުއްރަޙީމްގެ ދަރިކަލުން ޢަބްދުލް ވާޙިދު އެވެ. މައިކަނބަލަކީ ށ.ކަނޑިތީމު ކުޑަ އިސްމާލު (އިސްމާޢީލް ޢަބްދުއްރަޙްމާން)ގެ ޢަޒީޒާ އިސްމާޢީލް އެވެ. އުފަން ރަށަކީ މިލަދުންމަޑުލު އުތުރުބުރި، ށަވިޔަނި އަތޮޅު ކަނޑިތީމު އެވެ.