އަންޒަމާނާއި ނައްކަވާރު: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 1:
[[ފައިލް:Andaman and Nicobar Islands in India (disputed hatched).svg|thumb|]]
'''{{PAGENAME}}'' އަކީ [[ބޭ އޮފް ބެންގާލް]] ގައި އުފެދިފައިވާ، އަދި [[އިންޑިޔާ]]ގެ ޔުނިއަން ޓެރިޓަރީ ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެރަށްތަކެކެވެ.
 
މި ރަށްތައް އޮންނަނީ އިންޑޮނީޝިޔާގެ އަޗޭ ގެ 150ކމ (93 މޭލު) އުތުރުގައެވެ. ތައިލޭންޑާއި ބަރުމާއާއި މި ރަށްތައް ވަކިވެފަި ވަނީ އަންޒަމާނު ކަނޑުން ނެވެ. މި ރަށްތައް ދެ ބަޔަކަށް ބެހިފައި ވެއެވެ. އުތުރަށް އޮންނަނީ އަންޒަމާނު (އަންޑަމަން) ރަށްތަކެވެ. ދެކުނުގައި ނައްކަވާރު (ނިކޯބަރ) ރަށްތަކެވެ. މި ރަށްތަކުގެ އިރުން އޮންނަ ކަނޑަކީ އަންޒަމާނު ކަނޑެވެ. އަދި ހުޅަނގުގައި ބެ އޮފް ބެންގާލެވެ.
 
ޓެރިޓަރީގެ މައި ރަށަކީ އަންޒަމާނުގެ ޕޯޓް ބްލެއަރ އެވެ. ބިމުގެ ސަރަހައްދަކީ ގަތްގަނޑަކަށް 6،496 ކޮޑި ކިލޯމީޓަރު (2،508 ކޮޑި މޭލު) އެވެ.
 
==ފުރަތަމަ ވަޒަންވެރިން==
މި ރަށްތަކުގައި މީގެ އެތައް ހާސް އަހަރެއް ކުރިން މީހުން ވަޒަންވެރިވެފައި ވާކަން އެނގެއެވެ. މިހާތަނަށް ލިބިފައިވާ އެންމެ އިހުގެ އާކިއޮލޮޖިކަލް ހެކިތަކުން ބަޔާން ކޮށްދެނީ 2،200 އަހަރު ކުރިން މީހުން ދިރިއުޅުނު ކަމެވެ. ނަމަވެސް އިތުރު އެހެން ދިރާސާތަކުން 'މެދު ޕެލިއޯލިތިކު' ޒަމާނުގައި ވެސް މީހުން ވަޒަންވެރިވިކަން އެނގޭ ހެކިތައް ލިބިފައި ވެއެވެ.
 
އަންޒަމާނު ރަށްތަކުގައި އެކި ދަރިކޮޅުގެ މީހުން ޒަމާންތަކެއް ވަންދެން، އެމީހުންގެ ބަހާއި ސަގާފަތާއި ދިރި އުޅޭ ސަރަހައްދުގެ ސަބަބުން، ވަކިވަކި ގަބީލާތަކެއްގެ ގޮތުގައި ދިރިއުޅެމުން ދިޔައެވެ.
 
{{Link FA|id}}