ތޮރާ(އިނގިރޭސި ބަހުން: Luffa)ނުވަތަ (އިނގިރޭސި ބަހުން: Loofah) އަކީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ތަރުކާރީގެ ބާވަތެކެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ތޮރާ ކައިއުޅެނީ ރިހަ ކައްކައިގެންނެވެ. ނުވަތަ ކިރު ގަރުދިޔަ ހަދައިގެންނެވެ. ތޮރާގެ ތަފާތު ވައްތަރުތައް ހުރެއެވެ.ތޮރާގެ ބާވަތްތަކަށް ބޭނުންކުރެވޭ ޢިލްމީ ނަންތަކުގެ ތެރޭގައި (އިނގިރޭސި ބަހުން: Luffa operculat) (އިނގިރޭސި ބަހުން: Luffa aegyptiaca) (އިނގިރޭސި ބަހުން: Luffa acutangula)ފަދަ ނަންތައް ހިމެނެއެވެ. ދިވެހި ބަހަށް ތޮރާ މިނަން ނެގިފައިވަނީ ހިންދީ ބަހުން ކަމަށް ލަފާކުރެވެއެވެ. އެއީ ހިންދީ ބަހުން ތޮރާ އަށް ކިޔަނީ ތުރާއި ކަމަށްވާތީ އެވެ.

ތޮރާގެ ވައްތަރެއް