ޒޯންލީގް ފުޓްބޯޅަ މުބާރާތުން ވިދާލައިގެންދިޔަ މުޚްތާރު ނަސީރު (ޓޫކިލޯ) އަކީ 2007 ވަނަ އަހަރު އެއްފެންވަރެއްގައި ވަރަށް ރަނގަޅު ކުޅުމެއް ތަމްސީލްކުރި ކުޅުންތެރިޔެކެވެ. 2003 ވަނަ އަހަރު ޒޯންލީގުގައި މަހިބަދޫ ޓީމުން ވިދާލުމަށްފަހު ކުލަބު ވެލެންސިއާއާ 2004 ވަނަ އަހަރު ގުޅުނު ޓޫކިލޯއަކީ އަދިވެސް ވެލެންސިއާގައި މުހިންމު ކުޅުންތެރިޔެކެވެ. ނަމަވެސް ނިމިގެންދިޔަ އަހަރަކީ ޓޫކިލޯގެ އެންމެ ރަނގަޅު އަހަރު ކަމުގައިވެސް ގިނަބަޔަކު ބުނެއެވެ.

މުޚުތާރު ނަޞީރު

މޮޅަށްކުޅެ އެވޯޑެއް ނުލިބިދިޔަ އަހަރު އުނިއިތުރު ގެންނަވާ

2007 ވަނަ އަހަރުގެ ފުޓްބޯޅަ މޫސުމުގައި ކުޅުންތެރިން ކުޅުނު ކުޅުމަށް އިންސާފް ކުރުމަށް ފަހު މިހާތަނަށް ދެފަރާތަކުންވަނީ އެވޯޑް ދީފައެވެ. ނަތީޖާ ފާޅުކޮށްފައެވެ. އެއީ އެފްއޭއެމް އާއި ދުވަހު ނޫހެއް ކަމުގައިވާ ހަވީރެވެ. ނަމަވެސް މިދެފަރާތުން ބޭއްވި އެއްވެސް އެވޯޑް ނައިޓެއްގައި ޓޫކިލޯއަށް އެވޯޑެއް ނުލިބުނެވެ. އަދި ސްޓޭޖަށް އެރުމުގެ ފުރުޞަތުވެސް ނުލިބެއެވެ. އެފްއޭއެމްގެ އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި ނުހިމެނު ނަމަވެސް ހަވީރުގެ އެންމެމޮޅު 6 ކުޅުންތެރިންގެ ލިސްޓްގައި ޓޫކިލޯގެ ނަން އޮތެވެ. ނަމަވެސް ދެހަފްލާވެސް ނިމިގެންދިޔައީ ޓުކިލޯއަށް ނާކާމިޔާބު ދެހަފްލާއަށް ވެގެންނެވެ. އެހެންކަމުން 2007 ވަނަ އަހަރު ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ޓޫކިލޯ އަދި ހުރީ ހުސްއަތާއެވެ. އެވޯޑް ތަކުގެ ތެރެއިން ބާކީ ދެންއޮތީ އެންމެ އެވޯޑެކެވެ. އެއީ އާފަތިސް ނޫހުން ދެމުން އަންނަ އެވޯޑެވެ. އެހެންކަމުން އާފަތިހުންދޭ އެވޯޑެއް ޓޫިލޯއަށް ނުލިބިއްޖެނަމަ ހަގީގަތުގައިވެސް ޓޫކިލޯ 2008 ވަނަ އަހަރުގެ ސީޒަނާ ކުރިމަތިލާންޖެހޭނީ ހުސްއަތާއެވެ. ހަމައެކަނި 2007 ގައި އޭނާ ކުޅުނު މޮޅުކުޅުމުގެ ހަނދާންތަކާއެކުގައެވެ.

2008 ވަނަ އަހަރު ބޭއްވި ސާފު ޗެމްޕިއަން ޝިޕް ގެ ފައިނަލްގައި ދިވެހިރާއްޖެ މޮޅުވުމަށް ޖަހައިދިން ގޯލް ޖަހައިދިނީ ފަހުހާފު ނިމެން ކައިރިވެފައި ވަނިކޮށް، މުޚުތާރު ނަޞީރު 2 ކިލޯ އެވެ.

ކުޅެފައިވާ ކްލަބްތައް އުނިއިތުރު ގެންނަވާ

  • ކްލަބް ވެލެންސިޔާ
  • މަހިބަދޫ ފުޓްބޯޅަ ޓީމް

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ