އައްޝައިޚް މުޙައްމަދު ޢަބްދުﷲ ދީދީ ކިޔަވައި ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ލުޣަތިލް ޢަރަބިއްޔާއިންނެވެ. ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އިތުރުން އައްޑޫސިޓީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި ޝައިޚް މުޙައްމަދު ޢަބްދު ﷲ ގެންދަވަނީ ޢަރަބި ބަހުގެ ޤަވާޢިދާއި އަދަބާއި ބަލާޣާގެ މާއްދާތައް ކިޔަވައި ދެއްވަމުންނެވެ.

އައްޝައިޚް މުޙައްމަދު ޢަބްދުﷲ ދީދީ ވަނީ ޝައިޚް ޞާބޫނީގެ ތަފްސީރު ފޮތްތަކުގެ ތެރެއިން التفسير الواضح الميسر އެއްކޮށް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައިފައެވެ. މި ފޮތް 15 މުޖައްލަދަށް ތަރުޖަމާ ކުރެވިފައި ވާ އިރު، ކޮންމެ މުޖައްލަދެއްގައި ވަނީ ކީރިތި ޤުރްއާނުގެ ދެ ޖުޒްއެއްގެ ތަރުޖަމާއާއި ތަފްސީރެވެ. މި ތަފްސީރުގެ ތަރުޖަމާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށް ދެއްވައިފައިވެއެވެ.