އަލްފާޟިލް މުޙައްމަދު ޒަކީ އަކީ ފާމުދޭރީގޭ ތުއްތު ދީދީ ނުވަތަ އިބްރާހީމް ޒަކީގެ ދަރިކަލެކެވެ. މަންމައަކީ ވެލާނާގެ މުޙައްމަދު ދީދީގެ ޅަދީދީ (އަބުގަސްދޮށުގޭ ދޮންދީދީ) ނުވަތަ އަތިރީގޭ ތުއްތު ދީދީ އެވެ.

އަލްފާޟިލް މުޙައްމަދު ޒަކީ އަކީ މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރެކެވެ. މަތީ ތަޢުލީމް ޙާޞިލްކުރެއްވީ ސިލޯނުންނެވެ. ހިސާބު އިލްމުގައި ފާހަގަކޮށްލެވޭ ދިވެއްސެކެވެ. އިގިރޭސި، އުރުދޫ، ސިންގަޅަ، ތަމަޅަ ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އޭނާއަކީ ވިޔަފާރި އުޞޫލަށް ލޯބިކުރައްވާ ދިރިއުޅުން އެމަގަށް ބައްޓަންކުރެއްވި ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • 1952 : މަހްކަމަތުލް ޚާރިޖިއްޔާގެ ސެކެޓްރީކަން
  • 1952 : ސިލޯނުގައި ހުންނަ ދިވެހި ރެޕްރެޒެންޓެޓިވްކަން
  • 1959 : ވުޒާރަތުއް ތިޖާރާގެ ވަކީލްކަން
  • 19 ޖެނުއަރީ 1959 ހޯމަ : ކޮޔަރ އެންޑް ކަވަރީޒްގެ އެޑްވައިޒަރީ ބޯޑްގެ މެންބަރުކަން
  • 19 ޖެނުއަރީ 1959 ހޯމަ : ފިޝަރީޒް އެޑްވައިޒަރީ ބޯޑްގެ މެންބަރުކަން
  • 1964 : މަޙްކަމަތުއް ޝަރްޢިއްޔާގެ ވަކީލްކަން
  • 1968 : މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ވަކީލްކަން
  • 1975 : މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ވަކީލްކަން
  • 1975 ން 1983އަށް : ޕްރިޒަން ޑިވިޝަންގެ ވަކީލްކަން

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006