މުޙައްމަދު ސަޢީދަކީ ދިވެހިރާއްޖޭގެ މިހާރުގެ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް) އެވެ. އެ މަނިކުފާނަކީ ހއ.ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

މުޙައްމަދު ސަޢީދު

މުޙައްމަދު ސަޢީދު ވަނީ އިޓަލީވިލާތާއި އިނގިރޭސިވިލާތުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާޞިލްކުރައްވައިފައެވެ.

މުޙައްމަދު ސަޢީދު ވަނީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. 2013 އިން 2018 އަށް އެ މަނިކުފާނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓެވެ. އަދި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ، އޭޝިއާ އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓްމަންޓް ބޭންކުގެ ޑިރެކްޓަރުކަމާ، ދައުލަތުގެ ބޮޑު 3 ކުންފުންޏެއްގެ ސުޕަރ ސީއީއޯގެ މަގާމް އެ މަނިކުފާނު ފުރުއްވިއެވެ. ޓޫރިސްޓް ރިސޯޓްތައް ހިންގުމުގައި 18 އަހަރު އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ.