މަހާއްތްމާ ގާންދީހ

ލިޔުންތެރިއެއް
(މިސްރާބުކުރެވުނީ މަހާތުމާ ގާނދީ އިން)

އިންޑިޔާގެ މިނިވަންކަމުގެ ބަޠަލު މޯހަންދާސް ކަރަމްޗަންދު ގާންދީހ ނުވަތަ މަހާ^ްމާ ގާންދީހ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 އޮކްޓޫބަރު 1869 ގައި މިހާރުގެ ގުޖުރާތު އިސްޓޭޓުގެ އައްސޭރި ފަށުގެ ޝަހަރެއް ކަމުގައިވާ ޕޯރްބަންދަރުގައެވެ. މަހާ^ްމާ ގާންދީހގެ ބައްޕާފުޅަކީ ކަރަމްޗަންދު ގާންދީހ (1822-1885) އެވެ. މަންމާފުޅަކީ ޕު^ްލިބައއެވެ. ޢުމުރުފުޅުން އެންމެ 13 އަހަރުގައި މެއި 1883 ގައި ޢުމުރުން 14 އަހަރުގެ ކަސްތޫރްބާ މަކަހންޖީ އާ ގާންދީހގެ ކައިވެނި ކުރެވުނެވެ. ގާންދީހއަށް އޭނާގެ ފުރަތަމަ ދަރިފުޅު ލިބިވަޑައިގަތީ 1885 ގައެވެ. އޭރު ގާންދީހގެ ޢުމުރުފުޅަކީ 15 އަހަރެވެ. އެހެން ނަމަވެސް މި ދަރިފުޅުވީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ މެހުމާނަކަށެވެ. މިއަހަރުގެ ކުރީކޮޅު ގާންދީހގެ ލޮބުވެތި ބައްޕާފުޅު ކަރަމްޗަންދު ގާންދީހ ވެސް މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިއެވެ. އެހެންކަމުން 1885 ވަނަ އަހަރު ވެގެންދިޔައީ ޢުމުރުފުޅުން އެންމެ 15 އަހަރުގެ ގާންދީހއަށް ވަރަށް ބޮޑު ހިތާމަފުޅެއް އުފުއްލަވަން ޖެހިވަޑައިގަތް އަހަރަކަށެވެ. އެހެން ނަމަވެސް މޯހަންދާސް ކަރަމްޗަންދު ގާންދީހއަކީ އެންމެ ރިވެތި ގޮތުގައި ކެތްތެރިވެ ވަޑައިގަންނަވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މި ފަނާވަނިވި ދުނިޔޭގައި ކަންކަން ހިނގަމުންދާ އުޞޫލާއި އެކަންކަމާ ކުރިމަތިލައްވާނެ ގޮތް ރަނގަޅަށް ދެނެވަޑައިގަންނަވާ ޙިކްމަތްތެރި ބޭފުޅެކެވެ. އަވަހާރަވި ފުރަތަމަ ދަރިފުޅުގެ އިތުރުން މޯހަންދާސް ގާންދީހ އާއި އަނބިކަނބަލުން ކަސްތޫރްބާ ގާންދީހ އަށް 4 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ 1888 ގައި އުފަންވި ހަރީލާލް އާއި 1892 ގައި އުފަންވި މަނީލާލް އާއި 1897 ގައި އުފަންވި ރާމްދާސް އާއި 1900 ގައި އުފަންވި ދޭވްދާސް އެވެ. ޕޯރްބަންދަރުގައި މެދުމަދްރަސީ ތަޢުލީމު ޙާޞިލު ކުރެއްވި އިރުވެސް، އަދި ރާޖްކޯޓުގައި ހައި އިސްކޫލުގައި ކިޔަވައި ވިދާލުވި އިރު ވެސް ގާންދީހއަކީ މެދުމިނުގެ ޠާލިބެކެވެ. ގުޖުރާތުގެ ބާހވްނަގަރުގައި ހުންނަ ސަމަލްދާސް ކޮލެޖަށް މެޓްރިކިއުލޭޝަން އިމްތިޙާނު ހައްދަވައި ގާންދީހ ފާސްވެވަޑައިގަތީ ކޮންމެވެސް ވަރެއްގެ އުނދަގޫފުޅުކަމަކާއެކުގައެވެ. އެތަނުގައި ގާންދީހ މުޅިއަކުން ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެއީ ގާންދީހގެ ޢާއިލާއިން ގާންދީހ ޤާނޫނީ ވަކީލަކަށް ވެވަޑައިގަތުމަށް ބޭނުންވާތީއާ ވެސް އެކުގައެވެ. 1888 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު ގާންދީހ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދަތުރުކުރެއްވިއެވެ. އެއީ ޔުނިވަރސިޓީ ކޮލެޖު ލަންޑަންގައި ޤާނޫނު ކިޔަވައިވިދާޅުވެ ޤާނޫނީ ވަކީލުކަމުގެ ތަމްރީނު ހޯއްދެވުމަށް ޓަކައެވެ. ލަންޑަނަށް ވަޑައިގަތުމުގެ ކުރީގައި އިންޑިޔާގައި ހުންނަވައިގެން ގާންދީހގެ ލޮބުވެތި މަންމާފުޅުގެ ކުރިމަތީގައި ވަޢުދުވެ ވަޑައިގެންނެވި ފަދައިން، ލަންޑަނުގައި އުޅުއްވި އިރު ވެސް ގާންދީހ އުޅުއްވީ ވަރަށް ވެސް ހަރުދަނާ ގޮތެއްގައެވެ. މަސް ފަރީނުކުޅުއްްވުމުގެ އާދަކާދައިގެ މަތީގައި ދެމި ހުންނެވިއެވެ. ދުވަހަކު ވެސް ބަނގުރާ އާ ކައިރިވެ ވަޑައެއް ނުގަންނަވައެވެ. އަދި ޙަލާލު ނޫން ޖިންސީގުޅުންތަކާ ކައިރިވެ ވަޑައެއް ނުގަންނަވައެވެ. ލަންޑަނުގައި ހުންނަވައިގެން އިންޑިޔާގެ އަދަބިއްޔާތު ދިރާސާކުރާ ސޮސައިޓީއަކާ ގާންދީހ ގުޅިވަޑައިގެން، އިންޑިޔާގެ ބޯދާ އަދަބިއްޔާތުތައް ދިިރާސާކުރައްވައި އެއިން ޢިބްރަތްތައް ޙާޞިލުކުރައްވަމުން ގެންދެވިއެވެ. ޖޫން 10، 1891 ގައި ތަޢުލީމީ މަރުޙަލާ ނިންމެވުމަށް ފަހު، އިންޑިޔާއަށް ވަޑައިގަތުމަށް ޓަަކައި 12 ޖޫން 1891 ގައި ލަންޑަނުން ފުރާ ވަޑައިގަތެވެ. ގާންދީހ ލަންޑަނުގައި ހުންނަވަނިކޮށް ލޮބުވެތި މަންމާފުޅު މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތްކަން ގާންދީހއަށް އެނގިވަޑައިގަތީ ވެސް އެހިސާބުންނެވެ. ގާންދީހގެ ތަޢުލީމަށް އެ ހިތާމަވެރި ޚަބަރުގެ ސަބަބުން ހުރަސްއެޅިިދާނެތީ ޢާއިލާއިން އެހާތަނަށް އެ ޚަބަރު އޮތީ ސިއްރުކޮށްފައެވެ. ގާންދީހ އިންޑިޔާއަށް ވަޑައިގެން ޤާނޫނީ ޑޮކިއުމެންޓުތައް ޑްރާފްޓު ކުރައްވުމުގެ ކަންތައް ފެށްޓެވިއެވެ. އެހެން ނަމަވެސް މިކަމަށް ހުރަސްއެޅިގެން ދިޔައީ އިންޞާފަށް ލޯބިކުރައްވާ ގާންދީހ އާއި އިނގިރޭސި އޮފިސަރަކާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. އެޕްރީލް 1893 ގައި، އޭރު އިނގިރޭސީންގެ ދަށުގައި އޮތް ދެކުނު އެފްރިކާގައި ވަޒީފާ އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ގާންދީހ އެކަން ޤަބޫލުފުޅުކުރެއްވިއެވެ. ދެކުނު އެފްރިކާގައި އިންޑިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގުނު ނަސްލީ ތަފާތުކުރުމުގެ ނުބައި ޢަމަލުގެ ހިތިކަން ގާންދީހ ވެސް ތަޖުރިބާ ކުރެއްވިއެވެ. މި ގޮތުން ފަސްޓް ކްލާހުން ޓިކެޓު ނަންގަވައިގެން ފަސްޓް ކުލާހުގައި ދަތުރުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަނެ، ރޭލުން ފައިބައި ވަޑައިގަންނަވަން ޖެހުން ފާހަގަކުރެވެއެވެ. 1893 އަކުން 1914 އަށް ދެކުނު އެފްރިކާގައި ހިނގި މަދަނީ ޙައްޤުތައް ހޯދުމުގެ ޙަރަކާތްތަކުގައި ގާންދީހ ބައިވެރިވެ ވަޑައިގަތެވެ. 1916 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމަޔަށް އިންޑިޔާ މިނިވަންކުރުމުގެ ޙަރަކާތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުން ގާންދީހ ޙަރަކާތްތެރިވެ ވަޑައިގަތެވެ. މި ދުވަސްކޮޅުގެ ތެރޭގައި ފައިމަގުގައި ދިގުރާސްތާއަކަށް ބޭއްވި ދެކޮޅުހެދުމުގެ އެހެނަސް ޞުލްޙަވެރި ހިނގާލުންތަކުގެ ރޫޙަކީ މަހާ^ްމާ ގާންދީހއެވެ. އެތައް ފަހަރެއްގެ މަތީން ޖަލުގެ ގޮޮޅިތަކަށް ވެދެވަޑައިގަންނަވަން ޖެހުނު ކަމުގައި ވިޔަސް ގާންދީހގެ ޢަޒުމްފުޅަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޤައުމަށްޓަކައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތައް ކުރައްވައި، ޤައުމުގެ އަމިއްލަވަންްތަކަމަށް ޓަކައި އަމިއްލަފުޅަށް ފޭލިވިޔެގެން ލައްވާ ފޮށާކޮޅު ފިޔަވައި ދެން ހުރި ހުރިހާ ހެދުންކޮޅުތައް އަންދަވާލެއްވިއެވެ. އިންޑިޔާ ބައިބައިކޮށްލުމުގެ ރޭވުމަށް އިދިކޮޅު ހެއްދެވި ގާންދީީހއަށް މަހާ^ްމާ ނުވަތަ “މަތިވެރި ފުރާ|ަ” މިނަން ދެއްވީ އިންޑިޔާގެ މަޝްހޫރު އަދީބު އަދި ނޯބެލްގެ އިނާމު ލިބިވަޑައިގެންފައިވާ ރަވިންދްރަނާ^ް ޓާގޯރެވެ. އެތައް ބަޔެއްގެ ފުރާ|ަ އަނިޔާއިން ސަލާމަތްކުރުމަށް މަސައްކަތްކުރެއްވައި މިނިވަންކުރެއްވި ޤައުމުގެ ވެރިކަމަށް ވަޑައިގަތުމުގެ ދަހިވެތިކަމެެއް އެއްވެސް ވަރަކަށް ނެތް މަހާ^ްމާ ގާންދީހ އަވަހާރަކޮށްލީ އެބަޔަކަށް ޓަކައި އޭނާގެ މުޅި ޢުމުރު ހޭދަކޮށްލެއްވި މީހުންގެ ތެރޭގައި ހިމެނޭ، ވިސްނުމެއް ނެތް، ރަޙުމްކުޑަ އަނިޔާވެރިއެކެވެ. އެއީ 30 ޖެނުއަރީ 1948 ގައެވެ. މި ޚަބަރު ތިރީގައި މިވާ ފަދައިން އިޢުލާންކުރެއްވީ އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހުރޫއެވެ. “މިތުރުންނާއި ބައިިވެރިން! އަޅުގަނޑުމެންގެ ދޭހުން އަލިކަން ނެތިގެން ހިނގައްޖެ. އަދި ހުރިހާ ތަނެއްގައިމެ ވަނީ އަނދިރިކަން. ދަންނަވާނީ ކީކޭ ކަމެއް ވެސް އަދި މިވާހަކަ ދަންނަވާނީ ކިހިނެއް ކަމެއް ވެސް އަޅުގަނޑަކަށް މާ ރަނގަޅަކަށް ނޭނގޭ. އަޅުގަނޑުމެންގެ ލޮބުވެތި ލީޑަރު، އަޅުގަނޑުމެން ކިޔާ ގޮތުން ނަމަ ބާޕޫ، އަޅުގަނޑުމެން އެންމެންގެ ބައްޕަ، މި ޤައުމުގެ ބައްޕަ، އަޅުގަނޑުމެންނާ ވަކިވެއްޖެ. ފަހަރެއްގައި މިހެން ދެންނެވުމަކީ ގޯހެއް. ކޮންމެއަކަސް، އެތައް އަހަރެއް ވަންދެން އަޅުގަނޑުމެންނަށް ފެނުނު ގޮތަކަށް ދެން އަޅުގަނޑުމެންނަކަށް އެމާތް ބައްޕަ ދުވަހަކު ވެސް ނުފެންނާނެ. އަޅުގަނޑުމެންނަކަށް މަޝްވަރާ ހޯދާކަށް ނުވަތަ ޤާނޫނީ ލަފާ ހޯދާކަށް ދެން އެ މާތްބައްޕަގެ އަރިހަކަށް ނުދެވޭނެ. މިއީ ކުރިމަތިވި ވަރަށް ބޮޑު މުޞީބާތެއް. ހަމަ އެކަނި އަޅުގަނޑަކަށް ނޫން. އެކަމަކު މިއީ އަޅުގަނޑަށާއި އަދި މި ޤައުމުގެ އެތައް މިލިޔަން ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް.” މިއަދު މަހާ^ްމާ ގާންދީހގެ 140 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާ އިރު، ދުނިޔޭގައި ހިނގަމުންދާ އިންޞާފެއް ނެތް، ލާއިންސާނީ ޢަމަލުތަކާ ކުރިމަތިލާން އޮތް ގޮތްތަކުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް އުޞޫލަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި މަހާ^ްމާ ގާންދީހ ގެންގުޅުއްވި އަހިމްސާގެ މަތިވެރި އުޞޫލެވެ. ގާންދީހ އުޅުއްވި ޒަމާނެކޭ އެއްފަދައިން މި އުޞޫލަކީ މި ޒަމާނަށް ވެސް ފެތޭ ފުރިހަމަ އުޞޫލެއްކަން ކަށަވަރެވެ. “ދާދި އަވަހަށް ނެތި ފަނާ- ވިޔަކަސް އަގެއްނެތް ޖިސްމުތައް ތާއަބަދު ދެމިހުންނަ ހެޔޮ- ޒިކުރާއަކަށް ނިމުމެއް ނެތޭ”