ވައްތީނި ނުވަތަ (އިނގިރޭސި ބަހުން: Common fig) އަކީ ދެކުނު އޭޝިޔާ އަދި އިރުމަތީ މެދުތެރޭ ސަރަޙައްދު ގައި ހެދޭ މޭވާ އެކެވެ. ވައްތީނި ގަހަކީ ތީނި އާއިލާގެ ގަހެކެވެ. މި ގަސް ޢާންމު ގޮތެއްގައި 10-3 މީޓަރާއި ދެމެދުގެ އުސްމިނަށް ހެދެއެވެ. އަދި ފަތުގެ ދިގުމިނުގައި 25-12 ސެންޓިމީޓަރު ހުންނައިރު ފުޅާމިނުގައި 18-10 ސެންޓިމީޓަރު ހުރެއެވެ. ވައްތީނި އާދައިގެ މޭވާގެ ބޮޑު މިނުގައި 5-3 ސެންޓިމީޓަރު ހުރެއެވެ. ދޮންވުމުން ހުންނަނީ ދަނބު ކުލައަކަށެވެ. ދޮންނުވާއިރު ފެހި ކުލައަށެވެ.