ވައިނޮޅީގެ ކަފި ދުޅަވުން(އިނގިރޭސި ބަހުން: Bronchitis) އަކީ ވައިނޮޅީގެ ކަފި އެއްކޮށް ނުވަތަ އެއިން ބައެއްގައި އިންފެކްޝަން އަށަގަނެ ދުޅަވާން މެދުވެރިވުމެވެ. ވައިނޮޅީގެ ކަފި ހުރަސްކޮށް ވައި ފުއްޕާމޭއާއި ހަމައަށް ދައުރުކުރުމުގެ ތެރޭގައި ވައިނޮޅީގެ ކަފީގެ ފާރުގައި ހުންނަ ސެލް ތަކުން ނިކުމެފައި ހުންނަ، 'ސިލިއާ އޭ ކިޔާ އިސްތަށި ތަކެއް ކަހަލަ އެއްޗެތި ތަކަކުން ކުދިކުދި ޖަރާސީމް ތަކާއި، ހަށިގަނޑާއި ގުޅުންނެތް މާއްދާތައް ހަށިގަނޑުން ބޭރު ކުރުމުގެ މަސައްކަތް ކުރެއެވެ.

ވައިނޮޅީގެ ކަފި ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ކިނބިިހިއެޅުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، އަދި ކެއްސާއިރު އަރިދަފުސް އައުން ފަދަ ކަންތައްތައް ހިމެނެއެވެ.