އާދަމް ނަޞީރު މަނިކު(ފެންފިޔާޒުގޭ އާދަމް މަނިކު)

އަލްފާޟިލް އާދަމް އަޙުމަދު ނަޞީރު މަނިކު(ފެންފިޔާޒުގޭ އާދަމް މަނިކު) އަކީ އަލްވަޒީރު އަޙުމަދު ފާމުލަދޭރި ތަކުރުފާނުގެ ދަރިކަލެކެވެ. މަންމައަކީ ދަނޑިކޮށީގޭ ދޮންމަނިކެ އެވެ. އާދަމް ނަޞީރު މަނިކު އަކީ ހީވާގި ހިންގުންތެރި ވެރިއެކެވެ. ދައުލަތަށް ވަފާތެރި ޚާދިމެކެވެ. ގުޅުންހުރި ފަގީރުންނަށް ވަރަށް ބޮޑަށް އެހީފޯރުއްވާ ބޭފުޅެކެވެ. ތަޢުލީމީ ގޮތުން ފެންވަރު ރަގަޅު، ލިޔުންތެރިކަމާއި، ބޭރު ބަސް ދެނެވަޑައިގަންނަވާ ޝަޚްޞިއްޔަތެކެވެ. ދެކުނު ތިންއަތޮޅުގައި ހިނގި ގަޑުބަޑު ހަމަޖެއްސެވުމަށް އޭރުގެ ބޮޑު ވަޒީރު އިބްރާހީމް ނާޞިރު އާއެކު، މޯލްޑިވްސް ސްޓަރ ގައި ގައުމީ ޚިދުމަތުގައި ވަޑައިގެންނެވިއެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • 19 މާރޗް 1931 : ގާނޫނު އަސާސީ އުފެއްދި މަޖުލީހުގެ ކާތިބުކަން
  • 1948 : ރައްޔިތުން މަޖުލީހުގެ ގދ.އަތޮޅުގެ މެންބަރުކަން
  • 1960 : ހުވަދު އަތޮޅު އަތޮޅުވެރިކަން
  • 10 އެޕްރީލް 1963 : ދައުލަތުގެ ވަޒީރުކަން
  • 1964 – 1968 : ސިފައިންގެ ވެރިޔާގެ ނާއިބުކަން
  • 29 ޖުލައި 1966 : މާފަންނު އަވަށުވެރިޔާކަން
  • 1967 : މަޙްކަމަތުއް ދާޚިލިއްޔާގެ ވަކީލްކަން

ބޭފުޅުން އުނިއިތުރު ގެންނަވާ

  • މުޙައްމަދު ޒާހިރު ނަޞީރު
  • ޢުމަރު ޒާހިރު
  • ހައްވާ ޒާހިރާ
  • އާމިނަތު ޒާހިރާ
  • އަހުމަދު ޒާހިރު

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006