ޑރ އަޙުމަދު ޝަމްހީދު(މާވެޔޮދޮށުގެ /ގއ.ދެއްވަދޫ) އަކީ އިގިރޭސި ވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ބޮޅު ވިލާ ގައެވެ. ޑރ އަހުމަދު ޝަމްހީދު އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ސިވިލް އިންޖިނޭރެކެވެ.

ޑރ އަހުމަދު ޝަމްހީދު ސިވިލް އިންޖިނޭރިންގ އަދި ސްޓްރަކްޗަރަލް އިންޖިނޭރިންގ ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ އައިއެންޓީއައި ކޮލެޖްގައެވެ. ޕީއެޗްޑީ ޙާޞިލްކުރެއްވީ އިގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ލީޑްސް ގައެވެ.