އަޙުމަދު ޔޫސުފް (ހައިވަކަރު އަހުމަދު ފުޅު)

އަލްފާޟިލް އަޙުމަދު ޔޫސުފް (ހައިވަކަރު އަޙުމަދު ފުޅު) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 ސެޕްޓެމްބަރު 1932 ގައެވެ. ބައްޕަ އަކީ ޔޫސުފް އާދަމް އެވެ. މަންމަ އަކީ ޢާއިޝަތު އަބޫބަކުރު އެވެ.

އަލްފާޟިލް އަޙުމަދު ޔޫސުފް (ހައިވަކަރު އަޙުމަދު ފުޅު) ތަޢުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، އިޚްލާޞްތެރިކަމާއެކު، މުއައްޒިފުންނާއި ގުޅިވަޑައިގެން، ސަރުކާރުގެ ކަންތައްތައް ރަގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރި އެކެވެ. މިކަން އޭނާ ވަޒީފާ އަދާކުރެއްވި ދާއިރާތަކުން ދެއްވާފައިވާ ލިޔުންތަކުން ފާހަގަ ކުރެވެއެވެ. އަހުމަދު ފުޅު ހޮބީ އެއްގެ ގޮތުން ކުރައްވާ ކަމަކީ ޓީވީ ބެލުމާއި، ރޭޑިޔޯ އަޑުއެހުން، އަދި ނޫސް މަޖައްލާ ވިދާޅުވުމެވެ. އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއްކަމުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވައެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • ސިފައިންގެ އާދައިގެ ވަޒީފާއިން ފެށިގެން ކެޕްޓަނެއްގެ ވަޒީފާ އަށް : 1 ފެބްރުއަރީ 1954 ން 27 ޑިސެމްބަރު 1978 އަށް
  • މ.އަތޮޅު އަތޮޅުވެރިކަން : ދެފަހަރު އެއީ 28 ޑިސެމްބަރު 1978 ގައި އަދި 6 ޖެނުއަރީ 1992 ގައި
  • ފާދިއްޕޮޅު އަތޮޅުވެރިކަން : 24 އޮގަސްޓް 1981 ން 1 ފެބުރުއަރީ 1982 އަށް.
  • މިނިސްޓްރީ އޮފް ޕްރޮވިންސަލް އެފެއަރޒްގެ އެސިސްޓެންޓް އަންޑަރ ސެކެޓްރީ : 1 ފެބުރުއަރީ 1982 ގައި
  • ރެންޓަލް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރުކަން: 2 އޮގަސްޓް 1983 ގައި
  • ރެންޓަލް ޑިވިޝަންގެ މެނޭޖަރުކަން : 2 އޮގަސްޓް 1983 ގައި
  • ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަން : 1 ޑިސެމްބަރު 1983 ގައި
  • އައްޑު އަތޮޅު އަތޮޅުވެރިކަން : 12 ޖޫން 1993 ގައި
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ ޑިރެކްޓަރުކަން : 21 މެއި 1997 ގައި
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލްކަން : 11 ފެބުރުއަރީ 2004 ގައި
  • ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްކަން : 1 މާރޗް 2006 ގައި

ރިފަރެންސް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006