އަޒްމިރަލްޑާ ޒާހިރު
ޑރ އަޒްމިރަލްޑާ ޒާހިރު އަކީ ގާނޫނީ ދާއިރާ އިން އިގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އެކްސެޓަރ ގެ ސުކޫލް އޮފް ލޯ ގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. އަޒްމިރަލްޑާ ޒާހިރު އަކީ ދިވެހި ރާއްޖޭގެ ރައްޔިތުން މަޖްލީހުގެ ރައީސް މ. ސީނާ އަހުމަދު ޒާހިރު ގެ ދަރި ކަނބަލެކެވެ. މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ ލޯ ކޮމިޝަންގެ ލީގަލް އޮފިސަރެއްގެ މަގާމް ގައެވެ. މީގެ އިތުރުން އަޒްމިރަލްޑާ ޒާހިރު އަކީ ޕްރައިވެޓް ބްރޯޑް ކާސްޓް ކުރައްވާ ފަރާތްތައް މޮނީޓަރ ކުރައްވާ ކޮންޓެންޓް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ. ޑރ އެޒްމިރަލްޑާ ޒާހިރު ކުރިންވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ލީގަލް އޮފިސަރު ކަން ވެސް ކުރައްވާފައެވެ.
ތައުލީމީ ކާމިޔާބީތައް އުނިއިތުރު ގެންނަވާ
- ބެޗެލާރސް އޮފް ލޯސް- ކާޑިފް ޔުނިވަސިޓީ - އިގިރޭސި ވިލާތް
- މާސްޓަރ ޑިގްރީ - ބިޒިނަސް ލޯ - ޕޯޓްސްމައުތު - އިގިރޭސިވިލާތް
- ޕީއެޗްޑީ - ގާނޫނީ ދާއިރާ - އެކްސެޓަރ ޔުނިވަސިޓީ - އިގިރޭސި ވިލާތް