އަޑުފޮށްޓާގުޅޭ އަރުތެރެ(އިނގިރޭސި ބަހުން: Laryngopharynx) ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.މިއީ އަރުގެ ނުވަތަ އަރުތެރޭގެ އެންމެ ތިރީބައެވެ. އެހެންކަމުން އަރުތެރެ އާއި ކާތަކެތި ހިގާ ހޮޅި ގުޅުވައިދޭ ބަޔަކީ މިއީއެވެ. މިބައިގެ މަތީ ބޯޑަރު ހުންނަނީ ހައިއޮއިޑް ކަށިގަނޑު (އިނގިރޭސި ބަހުން: Hyoid bone)އާއި އެއްހަމައެއްގައެވެ. އަޑުފޮށްޓާގުޅޭ އަރުތެރެ އިންނަނީ އެޕިގްލަޓިސް(އިނގިރޭސި ބަހުން: Epiglottis)ގެ މަތީ ބޯޑަރުން ފެށިގެން ތިރިއަށް ގޮސް ކްރިކޮއިޑް ކާޓިލޭޖް(އިނގިރޭސި ބަހުން: Cricoid cartilage) ގެ ތިރިއާއި ހަމައަށެވެ. މިބުނި ހިސާބަކީ ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަ ހިސާބެވެ. އެހެންކަމުން އަޑުފޮށްޓާގުޅޭ އަރުތެރެ ނިމިގެން ދެން ހަޖަމުކުރާ ނިޒާމްގައި އިންނާނީ ކާތަކެތި ހިގާ ހޮޅި އެވެ.

އަޑުފޮށްޓާގުޅޭ އަރުތެރެ
Laryngopharynx labeled at bottom right.
Sagittal section of nose mouth, pharynx, and larynx. ("Laryngeal part of pharynx" labeled at left, third from the bottom.)
Latin pars laryngea pharyngis
Gray's subject #244 1142
Nerve pharyngeal plexus
MeSH Hypopharynx
Dorlands/Elsevier h_22/12439493

އަނގަޔާގުޅޭ އަރުތެރެ އެކޭ އެއްގޮތަށް އަޑުފޮއްޓާގުޅޭ އަރުތެރެ އަކީ ވެސް ކާނާ އަދި ވައި ދައުރުކުރާ މަގެކެވެ. މިމަގުގެ ފާރުގައިވާ ތެތް ދުލިފަށްގައި ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(އިނގިރޭސި ބަހުން: Stratified squamous epithelium) އެވެ. ހަޖަމުކުރާ ނިޒާމް އާއި، ނޭވާލާ ނިޒާމްގެ މަގު ވަކިވަނީ އަރުތެރޭގެ މިހިސާބުންނެވެ.

ކާނާ، އަދި ވައި އަރުތެރެ ހުރަސްކޮށް ދައުރުވާތީ، ކާތަކެތި ކާއިރު، އަޑު ފޮށި ނިވާކޮށް ފޮރުވާލުމަށްޓަކައި، (ކާތަކެތި ވައި ނޮޅި އަށް އެޅުން މަނާކުރުމަށްޓަކައި) ރައްކަލަކަށްޓަކައި، އެޕިގްލަޓިސް އޭކިޔޭ ކަނެކްޓިވް ޓިޝޫ ފޮއްޗެއް އަޑު ފޮށި ގެ މަތިން އިނދެއެވެ. މިގޮތަށް ނިވާކޮށް ފޮރުވާލުމުން ކާތަކެތި ނޭވާލާ ނިޒާމް އަށް ދިއުން މަނާކޮށްދެއެވެ. ސަބަބަކީ ނޭވާލާ ނިޒާމް ގައި ހިމެނޭ ފުއްޕާމޭ އަށް ގޮސްފައިވާ ވައި ނޮޅި އިންނަނީ އަޑު ފޮށި ނިމިގެންކަމަށްވާތީ އެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމާއި ތަފާތު އަޑުއަޑު ލެއްވުމުގައި އަރުތެރެ މުހިއްމު ދައުރެއް އަދާކުރެއެވެ.