އައްޝައިޚް އިބްރާހީމް ލުތުފީ (އައްޑޫ ތުއްތުދީދީ) އަކީ އައްޑޫ ހުޅުދޫ ވާރުގޭ އަޙުމަދު ދީދީގެ ދަރިކަލެކެވެ. މަންމައަކީ އައްޑޫ މީދޫ ގަނޑުވަރު ޙަސަން ދީދީގެ ފިޔޯރީ ދޮންދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ސެޕްޓެމްބަރު 1894މ ގައެވެ. އައްޝައިޚް އިބްރާހީމް ލުތުފީ އަކީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުން އެންމެ ފުރަތަމަ ޢާލިމީ ފާސްނެންގެވުމުގެ ޝަރަފްހޯއްދެވި ދިވެހި ފަރާތެވެ. ބޭރަށް ކިޔަވާން ވަޑައިގަތުމުގެ ކުރިން ޙުސައިން ޞަލާޙުއްދީންގެ އަރިހުން ދީނީ ތަޢުލީމާއި އަރަބި އުގެނިވަޑައިގަތެވެ. މާރަންދޫ ގަނޑުވަރު ބޭފުޅުންގެ އަރިހުން އިގިރޭސި އުރުދޫ ދަސްފުޅު ކުރެއްވި އެވެ. މިޞްރުގައި ހުންނެވި ދުވަސްވަރު އޭނާގެ ދަރިކަލުން މުޙައްމަދު ލުތުފީ މިޞްރަށް ގެންދަވައި އަމިއްލަފުޅު ޚަރަދުގައި ތަޢުލީމު އުގަންނަވައި ދެއްވި އެވެ.

ބޭފުޅުން އުނިއިތުރު ގެންނަވާ

  • މުޙައްމަދު ލުތުފީ ( ސ.ހިތަދޫ އެޅަދީދީގެ ފާތިމަތު ދީދީގެ ބަނޑުފުޅުން)
  • ފާތިމަތު އިބްރާހީމް ލުތުފީ (ސ.ހިތަދޫ ގަނޑުވަރު ބެއްޔާގެ އިިބްރާހީމް ދީދީގެ ޢާއިޝާދީދީގެ ބަނޑުފުޅުން)
  • ސަމީރާ އިބްރާހީމް ލުތުފީ (މާލޭ ކަންޒުދޮށުގޭ އަހުމަދުދީދީގެ ޢާއިޝާދީދީގެ ބަނޑުފުޅުން)
  • ޑރ މުޞްޠަފާ އިބްރާހީމް ލުޠުފީ (ސ.ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާގެ ބަނޑުފުޅުން)
  • އަހުމަދު ލުތުފީ ީ (ސ.ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާގެ ބަނޑުފުޅުން)

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • 1 ފެބުރުއަރީ 1940 – ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 27 ޑިސެމްބަރު 1940 – 30 ޖެނުއަރީ 1942 – ބަންޑާރަ ނާއިބުކަން
  • 22 އޮގަސްޓް 1943 – ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން
  • 3 ނޮވެމްބަރު 1943 – މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
  • 5 އޮކްޓޯބަރު 1944 – ވަޒީރުލް އައުޤާފްކަން
  • 31 ޖުލައި 1946 – ބަހާއި ތާރީޚް ކޮމިޓީގެ މެންބަރުކަން
  • 6 މެއި 1947 – މަޖީދިއްޔާގެ މުދައްރިސްކަން
  • 16 މެއި 1947 – މަދަރުސަތުލް އަމީރު އަހުމަދުގެ މުދައްރިސްކަން
  • 28 އެޕްރީލް 1951 – މަހްކަމަތުއް ޝަރުޢިއްޔާގެ ބޮޑު ނާއިބުކަން

އައްޝައިޚް އިބްރާހީމް ލުތުފީ އަވަހާރަވީ 26 އޮގަސްޓް 1951 ގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006