އައްރާޒީ އަކީ ފިލޯ ސަފަރެކެވެ. އަދި ޑޮކްޓަރެކެވެ. އޭނާ އަށް ދެވިފައިވާ ލަގަބަކީ ޢަރަބިންގެ ޖާލީ ނޫސް އެވެ. ހުޅަގާއި އިރުމަތީގައި ވެސް މިޒަމާނުގެ ކެމިސްޓްރީ ޢިލްމުގެ އަސާސް ތަކުގެ ގޮތުގައި އައްރާޒީގެ ހޯދުންތައް ބޭނުން ކުރެވެއެވެ.

އައްރާޒީ އުފަންވެ ވަޑައިގަތީ މީލާދީން 866 ވަނަ އަހަރުއެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރެއްވީ އިރާގުގެ ވެރިރަށް ބަޣްދާދު ގައެވެ. ބޭސްވެރި ކަމާއި، ފަލްސަފާގެ އިތުރުން ޅެންވެރި ކަމާއި، މިއުޒިކްގެ ފަންނުގައި ވެސް އައްރާޒީ އަކީ ބަޣްދާދު ގައި މަޝްހޫރު ބޭކަލެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު 232 އަށް އަރައެވެ. މީގެ ތެރެއިން ބައެއް ފޮތްތައް ތަފާތު ބަސްބަހަށް ތަރުޖަމާކުރެވި އުގަންނައި ދިނުމުގެ ރިފަރެންސް ފޮތްތަކެއްގެ ގޮތުގައި ބޭނުންކުރެވެއެވެ.

އައްރާޒީ އަވަހާރަވީ މީލާދީން 924 ވަނަ އަހަރު އެވެ.