އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ

އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ (އަތިރީގޭ ޢަބުދުލް ޙަމީދު ދީދީ) އުފަންވީ މީލާދީން 1877 ވަނަ އަހަރުގައެވެ. ބައްޕައަކީ ހުރާގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ( އަތިރީގޭ އިބްރާހީމް ދީދީ ) އެވެ. މަންމައަކީ އެއްގަމުގޭ އަލްވަޒީރު ޙަސަން ހަކުރާ މަނިކުފާނުގެ ސަންފާދީދީ (އެއްގަމުގޭ ދޮންދީދީ) އެވެ. އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީ މާލެއިންނެވެ. އޭގެ ފަހުން ސިލޯނުންނެވެ. އުރުދޫ، އިގިރޭސި، ތަމަޅަ، ސިންހަޅަ ރަގަޅަށް ދެނެވަޑައިގަންނަވައެވެ. ސިލޯނަށް ފޮނުވާ ކުދިންގެ ކަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ފޮތްތައް އިންޑިޔާ، ސިލޯނުން ޗާޕްކުރެއްވި އެވެ. އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ އަވަހާރަވީ 8 ޖުލައި 1958މ ގައެވެ. އެއީ ހިޖުރައިން 20 ޛުލްޙައްޖާ 1377ހ ގައެވެ.

މަގާމްތައް އުނިއިތުރު ގެންނަވާ

  • 11 މާރޗް 1906 : ޕޯސްޓް އޮފީހުގެ ވެރިޔާކަން
  • 11 މާރޗް 1906 : ސަރުކާރުގެ ތަރުޖަމާނުކަން
  • 1906 – 1932 : ސިލޯނަށްދާ އޮޑިފަހަރު އަދި ސިލޯންގައި ތިބޭ ދިވެހިކުދިންގެ ބެލެހެއްޓުމުގެ ވެރިޔާކަން
  • 22 ޑިސެމްބަރު 1932 : ސިލޯނުގައި ހުންނަވާ ދިވެހ ިސަފީރުކަން

އެއްބަނޑު އެއްބަފާ ބޭފުޅުން އުނިއިތުރު ގެންނަވާ

  • އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު
  • އަލްއަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު

ރިފަރެންސް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006