ރަވާ އަކީ ގޮދަނުގެފުށުން ރެވިއޮށެއްހާ ވަރަށް ހަދައިފައި ހުންނަ ފުއްތަކެކެވެ. މިހުންނަނީ ހުދުކުލައިގައެވެ. މީ ޢާންމުގޮތެއްގައި ސޫޖީ ކައްކަން ބޭނުންކުރާ އެއްޗެކެވެ. ރަވާ އަކީ ގޮވާމުގެ ބާވަތެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ރަވާއިން ސޫޖީ ކެއްކުމުގެ އިތުރުން ރަވާ ފުށުން ފޮނި ބޯކިބާ އަޅާކަން ފާހަގަ ކުރެވެއެވެ. މީލާދީގެ 6 ގަރުނުގެ ކުރިން ވެސް ޗައިނާގައި ރަވާ ހައްދައި އުޅުނު ކަމަށް ތާރީޚް ހެކިދެއެވެ. ރަވާ ގަސް ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ 7-4 ފޫޓާއި ދެމެދުގެ އުސްމިނަށެވެ.

ރަވާ