ރަހިމުގެ ކެންސަރު (އިނގިރޭސި ބަހުން: Uterine cancer)އަކީ އަންހެނުންނަށް ވަރަށް އާންމުކޮށް ޖެހޭ ކެންސަރެކެވެ. ކެންސަރުގެ ޓިއުމަރު ރަހިމުގައި އުފެދޭ ފަދައިން ބައެއް ފަހަރު ފައިބްރޮއިޑް އޭކިޔޭ ބާވަތުގެ ހަރުތަންތަން ވެސް ރަހިމުގައި އުފެދެއެވެ.

ސަބަބު އުނިއިތުރު ގެންނަވާ

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

އަލާމާތްތައް އުނިއިތުރު ގެންނަވާ

  • މައްސަރުކަންތައް ޖެހުން ނޫން ދުވަސްވަރު ވެސް ކުރިމަތި ފަރާތުން ލޭއައުން
  • އާދަޔާ ޚިލާފަށް ދޭތެރެދޭތެރެއިން އަންހެނުންގެ ކުރިމަތި ފަރާތުން ލޭއައުން
  • ޑީއެންސީ ހެދުމަށްފަހު ނަގާތަކެތި ޓެސްޓްކުރުމުން ކެންސަރުގެ އަސަރު ފެނުން

ފަރުވާ އުނިއިތުރު ގެންނަވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ކީމޯތެރަޕީ މިކެންސަރަށް މާރަގަޅުނޫންކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005