ޑރ ޢާއިޝަތު ޝިހާމް އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ސައިކޮލޮޖީ އިން ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.

ޑރ. ޢާއިޝަތު ޝިހާމް

ޑރ. ޢާއިޝަތު ޝިހާމް ޚިދުމަތް ކުރައްވަން ފެއްޓެވީ 1983 ވަނަ އަހަރު މުދައްރިސެއްގެ ގޮތުގައެވެ. މިވަގުތު ޑރ ޢާއިޝަތު ޝިހާމް ހުންނެވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ. މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުވެސް އެކަމަނާ ވަނީ އަދާކުރައްވައިފައެވެ.


އަދާކުރެއްވި ވަޒީފާތައް އުނިއިތުރު ގެންނަވާ

  • މިނިސްޓަރ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • މިނިސްޓަރ - މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • ޕާމަނަންޓް ސެކެޓްރީ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ނާއިބު މިނިސްޓަރ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ޑިރެކްޓަރ - ކުޑަކުދިންގެ ޙައްގުތަކާ ބެހޭ ޔުނިޓް
  • ޑިރެކްޓަރ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ
  • އެސިސްޓެންޓް ޑިރެކްޓަރ - މިނިސްޓްރީ އޮފް ވިމެންސް އެފެއާރޒް އެންޑް ސޯޝަލް ސެކިއުރިޓީ
  • ޗެއަރޕާސަން - ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން