ޑރ ޢަބުދުﷲ ނަޒީރަކީ ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ފަރާތެކެވެ.

ޑރ. ޢަބްދުﷲ ނަޒީރު

ޑރ. ޢަބްދުﷲ ނަޒީރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓަރީކަމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބުކަމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަން ހިމެނެއެވެ. ޑރ. ނަޒީރު މިހާރު ހުންނެވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުގައެވެ.