ޑރ. ޢަބްދުލްމުޙްސިން މުޙައްމަދަކީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ޕީއެޗްޑީ ހެއްދެވި އިރު ޚާއްޞަވެ ލެއްވީ ފިޒިކްސްގެ ދާއިރާ އިންނެވެ. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ ސަޢޫދީ އަރަބިއްޔާ އިންނެވެ. މާސްޓާރސް އަދި ޕީއެޗްޑީ ޙާޞިލް ކުރެއްވީ އޮސްޓްރޭލިޔާ އިންނެވެ.

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްކަން، ޑިޕާޓްމަންޓް ހަޔަރ އެޑިޔުކޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރކަން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަން އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އަދާކުރެއްވި ތަފާތު މަގާމްތައް ހިމެނެއެވެ.