ޑރ. ޢަބްދުއްސައްތާރު ޔޫސުފަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާގައި ޕަބްލިކް ހެލްތްގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީގެ ނާއިބުކަން ޑރ. ޢަބްދުއްސައްތާރު ޔޫސުފް އަދާކުރައްވާފައި ވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންވަޔަރމަންޓް އެންޑް ހިއުމަން ރިސޯސަސްގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ މަންދޫބުކަން ވެސް ޑރ. ޢަބްދުއްސައްތާރު ޔޫސުފް ވަނީ ކުރައްވައިފައެވެ.

ޑރ. ޢަބްދުއްސައްތާރު ޔޫސުފް

ޑރ. ޢަބްދުއްސައްތާރު ޔޫސުފަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޑިޕާޓްމަންޓް އޮފް ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް އެންޑް ހެލްތީ އެންވައިރޮމަންޓް ގެ ޑިރެކްޓަރެވެ. ޑރ ޢަބުދުއް ސައްތާރު ޔޫސުފް ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ 1990 ވަނަ އަހަރު އެމެރިކާގެ ނޯރތު ކެރޮލީނާ ޔުނިވަސިޓީގައި ޢާންމު ޞިއްޙަތުގެ ދާއިރާއިންނެވެ. ޑރ. ޢަބްދުއްސައްތާރު ޔޫސުފަކީ ޖާނަލް އޮފް ވޯލްޑް ހެލްތު އެންޑް ޕޮޕިއުލޭޝަންގެ އެޑްވައިޒަރީ ބޯޑްގެ މެންބަރެއްވެސް މެއެވެ.