ޑރ. ޙަސަން ޙަމީދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރެވެ.

ޑރ. ޙަސަން ޙަމީދު

ޑރ. ޙަސަން ޙަމީދު ބެޗްލަރސް ޑިގުރީ ހާސިލުކުރެއްވީ އިންފޮމޭޝަން ސައިންސާއި ފިޒިކްސްގެ ރޮނގުން 1983 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ޓެސްމޭނިއާގައެވެ. 1993 ވަނަ އަހަރު އޮސްޓްރޭލިއާގެ އެޑިތު ކޮވާން ޔުނިވަރސިޓީގައި މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލުކުރެއްވުމަށް ފަހު ޕީއެޗްޑީ ހާސިލުކުރެއްވީ ކްރިޓިކަލް ތިންކިންގެ ރޮނގުން ނިއުޒީލެންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގައި 1997 ވަނަ އަހަރެވެ.

އަދާކުރެއްވި ވަޒީފާތައް އުނިއިތުރު ގެންނަވާ

  • މަޖީދިއްޔާ ސްކޫލުގެ ފިޒިކްސް ޓީޗަރުކަން (1985-1984)
  • މަޖީދިއްޔާ ސްކޫލުގެ ސެކަންޑަރީ ސުޕަވައިޒަރުކަން (1988-1985)
  • މަޖީދިއްޔާ ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލްކަން (30 ޖަނަވަރީ 1991 އިން 4 އޭޕްރީލް 1994 އަށް)
  • ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޗީފް ކަރިކިއުލަމް ކޯޑިނޭޓަރުކަން (20 ޖުލައި 1997 އިން 16 ސެޕްޓެންބަރު 1998 އަށް)
  • ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްކަން (17 ސެޕްޓެންބަރު 1998 އިން 30 ސެޕްޓެންބަރު 1998 އަށް)
  • މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕްރިންސިޕަލްކަން (1 އޮކްޓޯބަރު 1998 އިން 31 ޖަނަވަރީ 2001 އަށް)
  • މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރކަން (1 ފެބުރުވަރީ 2001 އިން 14 ފެބުރުވަރީ 2011 އަށް)
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިންޓެރިމް ވައިސް ޗާންސެލަރުކަން (15 ފެބުރުވަރީ 2011 އިން 2011 ވަނަ އަހަރުގެ ނޮވެންބަރު މަހަށް)
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަން (2011 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޖުލައި މަހަށް)
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން (20 އޯގަސްޓް 2019 އިން 18 ނޮވެންބަރު 2023 އަށް)



ބޭރުގެ ލިންކުތައް އުނިއިތުރު ގެންނަވާ