ޕިނިއަލް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: pineal gland) އަކީ ސިކުނޑި ތެރޭގައި އިންނަ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. ކުޑަ ފެހި އޮށެއް ވަރުގެ މިގްލޭންޑް އިންނަނީ ސިކުނޑި ގެ ދެފަޅި ދެމެދުން މެދުތެރެއާއި ކައިރީގައެވެ. މިގްލޭންޑް އިން ބޭރުކުރާ ހޯރމޯން އަކީ މިލަޓޯނިން އެވެ.

އިންނަ ތަން އުނިއިތުރު ގެންނަވާ

ޕިނިއަލް ގްލޭންޑް އަކީ ފެހިއޮށެއްވަރުގެ ސައިޒަށް އިންނަ ރަތް އަޅިކުލައިގެ ޖިސްމެކެވެ. މި ގްލޭންޑް އިންނަނީ ސްޓްރިއާ މެޑުލާރިސްގެ ތިރިން، ސްޕީރިއޯ ކޮލިކިއުލަސްގެ ކުރިމަތިން ތަލަމިކް ބޮޑީޒް ގެ އެއް އަރިމައްޗެއްގައެވެ. މިގްލޭންޑް އަކީ އެޕިތަލަމަސް(Epithalamus) ގެ ބައެކެވެ.


އެކުލެވިގެންވާގޮތް އުނިއިތުރު ގެންނަވާ

ޕިނިއަލް ގްލޭންޑްގައި ޕިނިއަލޯސައިޓް(Pinealocyte) ކިޔާ ސެލްތަކެއް ހުރެއެވެ. މިސެލްތަކުގެ ވަށައިގެން ކަނެކްޓިވް ޓިޝޫ އެކުލެވޭ ތަންތަން ވެއެވެ. މިގްލޭންޑްގެ ބޭރު ސަޠަޙަ ވަނީ ޕިއަލް ކެޕްސޫލް އިން ނިވާކުރެވިފައެވެ. ކުރިން ބުނި ސެލްގެ އިތުރުން ޕިނިއަލް ގްލޭންޑްގައި ހުންނަ ސެލްތަކުގެ ތެރޭގައި އިންޓަސްޓިޝަލް ސެލް(Interstitial cell) އަދި ފާގޯސައިޓް(Phagocyte) ފަދަ ސެލްތައް ހިމެނެއެވެ.


މިލަޓޯނިން އުނިއިތުރު ގެންނަވާ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މިލަޓޯނިން

މިލަޓޯނިން ނުވަތަ (އިނގިރޭސި ބަހުން: Melatonin) އަކީސިކުނޑި]]ގެ ތެރޭގައިވާ ޕިނިއަލް ގްލޭންޑް ގައި ހުންނަ ޕިނިއަލޯސައިޓް(Pinealocyte) އިން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. އާންމު ގޮތެއްގައި މިހޯރމޯން ދޫކުރަނީ ޕިނިއަލް ގްލޭންޑް އިން ކަމަށް ވިޔަސް ބައެއް ފަހަރު ލޮލުގެ ރެޓިނާ އަދި ހަޖަމުކުރާ ނިޒާމް ގެ ބައިތަކުން ވެސް މިހޯރމޯން ދޫކުރެއެވެ.


އިތުރު ފޮޓޯތައް އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ