ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ރަސްމީގޮތުން ފެށިގެންދިޔައީ 1956 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ ހިޖުރީގޮތުން 19 ޝައްވާލް 1375 ގައެވެ. އެންމެ ފުރަތަމަ މި ޙަރަކާތް ފެށުނީ މަޖީދިއްޔާ

ދިވެހިރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ލޯގޯ

ސްކޫލުގައެވެ. އެއްވަނަ މާލޭ ސްކައުޓް ގްރޫޕުގެ ގޮތުގައި މަޖީދިއްޔާގެ ސްކައުޓް ގްރޫޕް ލަންޑަނުގެ އިމްޕީރިއަލް ސްކައުޓް ހެޑްކުއަރޓަރސްގައި ރަޖިސްޓްރީކުރީ 1963 ގައެވެ.

ސްކައުޓް ޙަރަކާތުގެ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕޭޓްރަނަކީ އަލްއަމީރު އިބްރާހީމް ޢަލީ ދީދީ (އިބްރާހީމް ފާމުލަދޭރި ކިލެގެފާނު) އެވެ. ސްކައުޓް ކޮމިޝަނަރަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ) އެވެ. ފުރަތަމަ ޗީފް ސްކައުޓަކީ އޭރުގެ ވަޒީރުލް މަޢާރިފް އަލްއުސްތާޛު އިބްރާހިމް ޝިހާބެވެ. ސްކައުޓް މާސްޓަރަކީ ބަންދު މުޙައްމަދު ކަލޭފާނެވެ. ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ބޮޑަށް ހިނގައިގަތީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިނގިރޭސި މީޑިއަމަށް ބަދަލުވުމުންނެވެ. އޭގެފަހުން ސްކައުޓް ޗީފް ކޮމިޝަނަރަކަށްވެވަޑައިގެންނެވީ އައްނަބީލު ޙަސަން ޢަލީ ދީދީއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ސްކައުޓް ކޭމްޕެއް ބޭއްވުނީ 1965 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުލޭގައެވެ.

މަޖީދިއްޔާއަށް ފަހު ދެން އެންމެ ފުރަތަމަ ސްކައުޓް ޙަރަކާތް ތަޢާރަފްކުރެވުނީ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ގައެވެ. އެއަށްފަހު މަދަރުސަތުލް އަޙްމަދިއްޔާ އާއި މަދަރުސަތުލް ޢާލިޔާއަށް ވެސް މި ޙަރަކާތް ތަޢާރަފުވިއެވެ.

1984 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް ބޯއީ ސްކައުޓް އެސޯސިއޭޝަން އުފެދުނެވެ. އެސޯސިއޭޝަނުން އެންމެ ބޮޑު އިސްކަމެއްދިނީ ސްކައުޓް ލީޑަރުން ތަމްރީނުކުރުމަށެވެ. އެ ގޮތުން 1985 ވަނަ އަހަރު އަތޮޅުތަކުގައި ސްކައުޓް ލީޑަރުން ތަމްރީނުކުރުން ފެށިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 1986 ވަނަ އަހަރު މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކައުޓް ގްރޫޕްތައް ރަޖިސްޓްރީކުރަން ފެށުނެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްކައުޓް ގްރޫޕުތައް ރަޖިސްޓްރީ ކުރި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ ތ. އަތޮޅު މަދަރުސާއާއި، ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙާއި، ހއ. އަތޮޅު މަދަރުސާއާއި، ނ. އަތޮޅު މަދަރުސާއާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އައްޑު އަތޮޅު ހިތަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ދުނިޔޭގެ ސްކައުޓް ޖަމުޢިއްޔާ ވޯލްޑް އޯގަނައިޒޭޝަން ފޯ ސްކައުޓް މޫވްމެންޓްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ 23 ޖުލައި 1990 ގައެވެ. ދުނިޔޭގެ ސްކައުޓް މައި ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނުކަން އިޢުލާނުކޮށް އެކަމާ ބެހޭ ރަސްމީ ލިޔުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާ ޙަވާލު ކުރީ 1990 ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ޕެރިހުގައި އޮތް 33 ވަނަ ވޯލްޑް ސްކައުޓް ކޮންފަރެންސްގައެވެ.

ދިވެހިރާއްޖޭގެ މިހާރުގެ ޗީފް ސްކައުޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ރައީސަކީ މުޙައްމަދު ނަޒީފެވެ. ޗީފް ސްކައުޓް ކޮމިޝަނަރަކީ މަޢީދު މުޙައްމަދު ޒާހިރެވެ.

މިއަދު ދިވެހިރާއްޖޭގައި 13000 އަށްވުރެ ގިނަ ސްކައުޓުންނާއި ސްކައުޓް ލީޑަރުން އެބަތިއްބެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 130 އަށް ވުރެ ގިނަ ސްކައުޓް ގްރޫޕްތައް ރަޖިސްޓްރީކުރެވި، ހިނގަމުންދެއެވެ.

ދިވެހިރާއްޖޭގެ ޗީފް ސްކައުޓްކަން ކުރެއްވި ބޭފުޅުން އުނިއިތުރު ގެންނަވާ

އަލްއުސްތާޛު އިބްރާހިމް ޝިހާބު

މައުމޫން ޢަބްދުލްޤައްޔޫމް

މުޙައްމަދު ނަޝީދު

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އިބްރާހީމް މުޙައްމަދު ޞާލިޙް

ދިވެހިރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ރައީސްކަން ކުރެއްވި ބޭފުޅުން އުނިއިތުރު ގެންނަވާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް އިސްމާޢީލް ޝަފީޢު (1994 ވަނަ އަހަރުން 2003 ވަނަ އަހަރަށް)

ޑރ. މަޙްމޫދު ޝައުޤީ (2003 ވަނަ އަހަރުން 2008 ވަނަ އަހަރަށް)

ޢާރިފް ރަޝީދު (2009 ވަނަ އަހަރުން 2011 ވަނަ އަހަރަށް)

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު (2012 ވަނަ އަހަރުން 2014 ވަނަ އަހަރަށް)

އިސްމާޢީލް ޝަފީޤް (2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް)

ޙުސައިން މުޙައްމަދު ޙަނީފް (2018 ވަނަ އަހަރުން 2021 ވަނަ އަހަރަށް)

ދިވެހިރާއްޖޭގެ ސްކައުޓް ޗީފް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅުން އުނިއިތުރު ގެންނަވާ

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު

އައްނަބީލު ޙަސަން ޢަލީ ދީދީ

ފަޟީލަތުއްޝައިޚުލްއުސްތާޛު އަޙްމަދު ޝާޠިރު

ޢަބްދުﷲ ރަޝީދު

އިސްމާޢީލް ޝަފީޤް

އަޙްމަދު ޢަލީ މަނިކު

މުޙައްމަދު ނަޒީފް

ޙުސައިން ޢަބްދުﷲ

މުޙައްމަދު ޚާލިދު

ޢާއިޝަތު އަޙްލާމް

އަޙްމަދު ޙަނީފް

މަރުޖިޢު އުނިއިތުރު ގެންނަވާ

https://scout.mv/wp-content/uploads/2022/09/Scout-Magazine-2022.pdf