ސުލްޠާން މުޙައްމަދު (ތިންވަނަ) އަކީ މީލާދީން 1548 ން 1551 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 955 ން 957 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 955 ވަނަ އަހަރުއެވެ.

އައްސުލްޠާން މުޙައްމަދު (ތިންވަނަ) ސިރީ ސިންގާ ބަވަނަ މަހާރަދުންނަކީ ސުލްޠާން ކަޅު މުޙައްމަދު ނުވަތަ ކަޅު މުޙައްމަދު ރަސްގެފާނުންގެ ޢުމަރު މާފަތް ކިލެގެގެ ދަރިކަލެކެވެ. ރަސްކަން ކުރައްވާތާ 2 އަހަރާއި 4 މަސްވީތަނާ، މިރަދުންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ޙަސަން (ސުލްޠާން ޙަސަން (ނުވަވަނަ)) މިރަދުން ގަތުލުކުރައްވައި، ރަސްކަމަށް ވެރިވެވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 957 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ޙަސަން (އަށްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން (ނުވަވަނަ)