ގްރެހަމް ބެލް
ގްރެހަމް ބެލް އުފަންވީ މީލާދީން 1847 ވަނަ އަހަރު އެވެ. އުފަން ތަނަކީ ސްކޮޓްލޭންޑް ގެ އެޑިންބަރަރ އެވެ. ފުރިހަމަ ނަމަކީ އެލެގްޒެންޑަރ ގްރެހަމް ބެލް އެވެ. ގްރެހަމް ބެލް އެންމެ ބޮޑު އިސްކަމެއްދިނީ އަމިއްލަ މަސައްކަތުން ތަފާތު ކަންކަމާއި ބެހޭ މައުލޫމާތު ދިރާސާ ކުރުމަށެވެ. ތަޢުލީމް ޙާޞިލްކުރީ ވެސް އަމިއްލަ މަސައްކަތުންނެވެ. ގްރެހަމް ބެލްގެ ބައްޕައަކީ އަޑު ދަތުރުކުރާގޮތާ ބެހޭގޮތުން ދިރާސާތަކެއް ކުރި ޢިލްމުވެރިއެކެވެ. އެހެންކަމުން ގްރެހަމް ބެލް ވެސް ދިރިއުޅުމުގެ މައިދާނަށް ނިކުމެ ބައްޕަގެ މަސައްކަތުގައި ކުރިޔަށް ދިޔައެވެ.
އެލެގްޒެންޑަރ ގްރަހަމްބެލް | |
---|---|
އުފަން ތާރީޚް | 3 މާރޗް 1847 އެޑިންބަރގް, ސްކޮޓްލޭންޑް. |
އަވހާރަވީ | އޯގަސްޓް 2 1922 (75 އަހަރުގައި) ބިއިން ބްރެޤް, ނޯވާ ސްކޯޓިއާ, ކެނެޑާ. |
Cause of death | ޕަރނިޝިއަސް އެނީމިއާ |
Education | ޔުނިވަރަސިޓީ އޮފް އެޑިންބަރގް ޔުނިވަރސިޓީ ކޮލެޖް ލަންޑަން |
ވަޒީފާ | އުފެއްދުންތެރިއެއް، ސައިންޓިސްޓެއް، ޕްރޮފެސަރ އެއް (ބޮސްޓަން ޔުނވަރސިޓީ) |
Known for | ޓެލެފޯން އުފެއްދިކަމަށް |
Spouse(s) | މެބެލް ހަބަރޑް (married 1877–1922) |
Children | (4) Two sons who died in infancy and two daughters |
Parents | އެލެގްޒެންޑަރ މެލްވިލް ބެލް އެލީޒާ ގްރޭސް ސައިމަންޑް ބެލްސް |
Relatives | ގަރޑިނަރ ގްރީން ހަބަރޑް (father-in-law) ގިލްބަރޓް ހޯވީ (son-in-law) މެލްވިލް ބެލް ގްރޮސްވެނަރ (grandson) |
1871 ވަނަ އަހަރު ގްރެހަމް ބެލް އެމެރިކާއަށް ޒިޔާރަތްކުރި އެވެ. އަދި އެތާގައި ކުރި ދިރާސާތަކެއްގައި ޓެލެފޯން ހެދުމުގެ މަސައްކަތް ކާމިޔާބު ކުރިއެވެ. ޓެލެފޯންގެ އީޖާދު ބޭނުންތެރި ކާމިޔާބު އީޖާދަކަށްވުމުގެ ސަބަބުން ގްރެހަމް ބެލް ވަރަށް ބޮޑު މުއްސައްޖަކަށްވިއެވެ. އެހެން ނަމަވެސް ގްރެހަމް ބެލް އޭނާގެ ދިރާސާތައް ކުރުމުގައި ދުވަސްތައް ހޭދަ ކުރަމުން ދިޔައެވެ. މިގޮތުން ބީރު މީހުންނަށް އަޑުއިވިދާނެ ގޮތެއް ހެދިދާނެތޯއާއި، އެފަދަ މީހުންނަށް އެއްޗެހި އަންގައިދެވޭނީ ކިހިނެއްތޯ ގްރެހަމް ބެލް ދިރާސާ ކުރިއެވެ.
ގްރެހަމް ބެލް އަށް ދެ ފިރިހެންކުދިން ލިބިފައިވެއެވެ. 1882 ގައި ގްރެހަމް ބެލް އެމެރިކާގެ ރައްވެއްސަކަށް ވިއެވެ. އޭނާ މިދުނިޔެ ދޫކުރީ 1922 ގައެވެ.