ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ޤާނޫނު އަސާސީން އުފައްދާފައިވާ މަޤާމެކެވެ. ދިވެހި ނާއިބު ރައީސް މިނަމުން އިޝާރާތް ކުރެވެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަށެވެ.

Ahmed Adeeb
Vice President of the Maldives
PresidentAbdulla Yameen Abdul Gayoom
ކުރިން މަގާމްގައި ހުންނެވީAhmed Adeeb
WebsitePresident's Office: Vice President Website

މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނެވީ މުޙައްމަދު ވަހީދުއްދީންއެވެ. އެއީ 25 އޭޕްރީލް 2012 ގައި ރައްޔިތުންގެ މަޖިލީހުން އެ މަޤާމަށް މުޙައްމަދު ވަހީދުއްދީން ހަމަޖެއްސުމަށް ރުހުން ދިނުމުނެނެވެ.

އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ނާއިބު ރައީސަކަށް ހުންނެވީ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އެވެ. ނަމަވެސް އޭގެ ކުރީގައި މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި އިބްރާހިމް މުޙައްމަދު ދީދީ ނާއިބު ރައީސަކަށް ހުންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގެ ހުވައި އުނިއިތުރު ގެންނަވާ

2008 ގެ ޤާނޫނު އަސާސީގެ ޖަދުވަލު އެކެއްގެ (2) ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ހުވާ ކަމަށް ބަޔާންކޮށްފައިވާ ހުވާ ތިރީގައިވަނީއެވެ.

"އަހުރެން ...(މީހާގެ ނަން)... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމަށާއި ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."


  މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.